އިހަވަންދޫ ހިޔަލަ އެކްސްޕޯ މިއަދު ފެށެނީ
.
1 - ފެބްރުއަރީ - 2026
ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އިސްނެގުމުގެ މަތިން، އިހަވަންދޫގައި ގެވެހި ކަނބަލުންގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ މައުރަޒެއް މިއަދު ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. "ހިޔަލަ އެކްސްޕޯ 2026" ގެ ނަމުގައި މި ފެށޭ މައުރަޒު ކުރިއަށް ދަނީ މިއަދު ހަވީރު 16:00 ން މިރޭގެ 22:00 އަށެވެ.
މިމައުރަޒުގައި ތަފާތު ކާނާގެ ބާވަތްތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތައް ދައްކާލުމަށް 11 ސްޓޯލެއް ބެހެއްޓިފައި ހުންނާނެކަމަށް އިހަވަންދޫ ބީސީގެ ފަރާތުން މައުލޫމާތު ދެއެވެ. " ޖުމްލަ 11 ސްޓޯލެއް ހުންނާނެ. ކާބޯތަކެއްޗާ އަމިއްލަ އުފެއްދުންތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތަށްވެސް ހުންނާނެ. ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އިނާމުވެސް ލިބިގެންދާނެ އެކްސްޕޯ ތެރޭން. އަދި ބޮޑުއިނާމަށް ނަންހުށެހުޅުމަށްވެސް ފުރުސަތު ލިބިގެންދާނެ." އިހަވަންދޫ ބީ.ސީ ގެ އެސިސްޓެންޓް މެނޭޖަރ ޢަބްދުﷲ އިމްރާން ވިދާޅުވިއެވެ.
އެކްސްޕޯއާ ގުޅުވާ ހަދާފައިވާ ލަވައެއް ލާންޗް ކުރުމާއި، ކުޑަކުދިންގެ ކުޅިވަރު ހަރަކާތްތަކެއްވެސް މިއަދު ހަވީރު އޮންނާނެކަމަށް މައުލޫމާތު ލިބެއެވެ.
މިއީ، އިހަވަންދޫގައި ފުރަތަމަ ފަހަރަށް ކަނބަލުންގެ މަސައްކަތްތަށް ދައްކާލުމަށް ބޭއްވޭ މައުރަޒަށްވެފައި މި މައުރަޒަށް ވީހާވެސް ގިނަ ބޭފުޅުން ދުރުވުމަށް އިހަވަންދޫ ބީސީގެ ފަރާތުން ދައުވަތު ދެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި ޤާއިމްކުރާ ބިޒްނަސް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި
7 - އޭޕްރީލް - 2021
ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ މިއަދު އިހަވަންދޫއަށް!
23 - ޖުލައި - 2026
އިހަވަންދޫގެ ދެ އަވަށުގެ ދެމެދުގައި މިއަދު މެޗެއް ކުޅެނީ...
1 - މޭ - 2026
އާރު.ޑީ.ސީ އިހަވަންދޫ ސައިޓަށް މިއަދު 14 އަށްވުރެ ގިނަ މުވައްޒަފުން ނަގައިފި!
2 - އޭޕްރީލް - 2026
އިހަވަންދޫ ފެނަކަ ބްރާންޗަށް މިއަދު އަލަށް 14 މުވައްޒަފުން ނެރެނީ!
29 - މާރިޗު - 2026
ރޯދަ ބާޒާރަށް 1000 އަށް ވުރެ ގިނަ މީހުން މިއަދު އިހަވަންދޫއަށް
7 - ފެބްރުއަރީ - 2026
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް: އިހަވަންދޫ އާއި ދިއްދޫގެ ދެވަނަ ލެގް މިއަދު ދިއްދޫގައި
13 - ނޮވެމްބަރު - 2025
އެޓޯލް ޗެމްޕިއަންޝިޕް: އިހަވަންދޫ އާއި ދިއްދޫ ބައްދަލުކުރާ މެޗް މިއަދު
9 - ނޮވެމްބަރު - 2025
އައްޝައިޚް އަބުދުއްސަލާމް ދާއޫދުގެ ދަރުސް ޕްރޮގްރާމެއް މިއަދު އިހަވަންދޫގައި!
21 - ފެބްރުއަރީ - 2025
އައްޝައިޚް އަހްމަދު ފަހުމީ ދިދީގެ ދަރުސް ޕްރޮގްރާމެއް މިއަދު އިހަވަންދޫގައި
2 - އޭޕްރީލް - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް