ނޫރު މަދަހަ މުބާރާތް އިހަވަންދިއްޕޮޅަށް ހުޅުވާލައިފި: އެއްވަނައަށް އުމުރާ ދަތުރަކާއި 6000 ރުފިޔާ
ހއ. މޮޅަދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މޮޅަދޫ ސްކޫލް ގުޅިގެން ބާއްވާ "ނޫރު މަދަހަ މުބާރާތް" މި އަހަރު މުޅި އިހަވަންދިއްޕޮޅަށް ހުޅުވާލައިފިއެވެ.
މި މުބާރާތުގެ ފުރަތަމަ ދެ ސީޒަން، ހަމައެކަނި މޮޅަދުއަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް، މިއަހަރު ބާއްވާ ތިންވަނަ ސީޒަން ވަނީ އިހަވަންދިއްޕޮޅުގެ ރަށްތައް ކަމަށްވާ ތުރާކުނު، އުލިގަން، ހޯރަފުށި އަދި އިހަވަންދޫގެ ރައްޔިތުންނަށްވެސް ބައިވެރިވެވޭ ގޮތަށް ފުރުޞަތު ފަހިކޮށްދީފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، މޮޅަދޫ ފިޔަވައި އިހަވަންދިއްޕޮޅުގެ އެހެން ރަށްތަކުން ބައިވެރިވެވޭނީ އެ ރަށެއްގެ ރަށްވެހިންގެ ތެރެއިން އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާ ތިން ބައިވެރިއަކަށެވެ. މޮޅަދޫއިން މިމުބާރާތުގައި ބައިވެރިވެވޭނީ އެ ރަށުގެ ރަށްވެހިންގެ އިތުރުން، ރަށްވެހިންގެ ދަރިންނާއި މޮޅަދޫ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށެވެ. މީގެ އިތުރުން މޮޅަދޫ ސްކޫލާއި ލިޓްލް ސްޓަރގެ ހުރިހާ ދަރިވަރުންނަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވާއިރު، މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ބައިވެރިއަކަށް އިނާމެއްގެ ގޮތުގައި އުމުރާ ދަތުރަކާއި 6000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި ހިނގާ ފެބުރުއަރީ މަހުގެ 15 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
ނޫރު މަދަހަ މުބާރާތުގު ފުރަތަމަ ސީޒަންގައި އެކި އުމުރުފުރާތަކުން ޖުމުލަ 63 ބައިވެރިން މަދަހަ ހުށަހަޅާދީފައި ވާއިރު ދެވަނަ ސީޒަންގައިވަނީ ޖުމުލަ 56 ބައިވެރިން މަދަހަ ހުށަހަޅާދީފައެވެ. މިމުބާރާތުގެ ފުރަތަމަ ސީޒަންގެ އެއްވަނަ ހަސަން ޝިޔާމް ހޯދިއިރު ދެވަނަ ސީޒަންގެ އެއްވަނަ ހޯދީ މުހައްމަދު ނިޝާމް އެވެ. މިދިޔަ ދެ މުބާރާތެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދާނީވެސް ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުން އެންމެ މަތިން މާކުސް ހޯދާ 10 ބައިވެރިން މިމުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ނޫރު މަދަހަ މުބާރާތުގެ ތިންވަނަ ސީޒަންގެ އެއްވަނަ ފާތިމަތު ތޫބާ ހޯދައިފި
5 - މާރިޗު - 2026
ނޫރު މަދަހަ މުބާރާތުގެ 3 ވަނަ ސީޒަން ފަށައިފި
2 - މާރިޗު - 2026
ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ނިޝާމް އަށް!
11 - މާރިޗު - 2025
ނޫރު މަދަހަ މުބާރާތުގެ ފައިނަލް ރައުންޑްގައި ގެސްޓް ޖަޖެއްގެ ގޮތުގައި ޝަލަބީ ބައިވެރިވަނީ!
9 - މާރިޗު - 2025
ނޫރު މަދަހަ މުބާރާތުގެ ގަދަ 12 ހޮވައިފި، ފައިނަލް ރައުންޑް އަންނަ ހޯމަ ދުވަހުގެރޭ!
7 - މާރިޗު - 2025
ނޫރު މަދަހަ މުބާރާތުގެ ދެވަނަ ސީޒަން އަންނަމަހު 5 ގައި ފަށަނީ!
23 - ފެބްރުއަރީ - 2025
ނޫރު މަދަހަ މުބާރާތުގެ އެއްވަނަ ހަސަން ޝިޔާމް އަށް
30 - މާރިޗު - 2024
މޮޅަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށްދޭނެ ބަޔަކު ހޯދަނީ!
20 - ފެބްރުއަރީ - 2020
"އަޑުނީވޭތީ" މޮޅަދޫ ރައްޔިތުން ނުކުމެ، ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށްފި!
21 - ޖޫން - 2026
މޮޅަދޫ އާދަޔާ ހިލާފަށް ގިރާތީ ކައުންސިލްގެ ކަންބޮޑުވުން އިންތިހާއަށް!
5 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް