އިމަގު ޖަމިއްޔާއިން ކައުންސިލް ބަހުސް އެއް ބާއްވަނީ
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސް އެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ހާމަކޮށްފިއެވެ.
އިމަގު ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރ ސަޢުދުﷲ އަޙުމަދު، މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިހަވަން އޮންލައިންއާއި ގުޅިގެން އިމަގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިބަހުސް، ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަކޮށްފައިވީނަމަވެސް، ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ހާއްސަ ކުރެވިފައިވާ ސެގުމެންޓެއް ބަހުސްގައި ހިމަނާފައި ވާނެ ކަމަށެވެ. މި ބަހުސްގައި އިހަވަންދޫކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ދެކެންޑިޑޭޓުންވެސް ބައިވެރިވެ، ބަހުސްގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް 2 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ، އަޙްމަދު ޞަބާހު، ހަނދުވަރީނާޒް / ހއ. އިހަވަންދޫ އާއި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ، މުޙައްމަދު ރަޝީދު، ރާނާގެ / ހއ. އިހަވަންދޫ އެވެ.
ބަހުސްގައި ޖުމުލަ 5 ދާއިރާއަކުން ކެންޑިޑޭޓުންނަށް ސުވާލުކުރުމަށް ހަމަޖެހިފައިވާއިރު، އޯޑިއަންސް ސުވާލުގެ ސެގުމެންޓެއްވެސް ބަހުސްގައި ހިމެނޭނެ ކަމަށް އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.
އިމަގު ކައުންސިލް ބަހުސް އަކީ ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގައި އިހަވަންދޫ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުން ރައްޔިތުނަށް ތަޢާރަފުކޮށްދިނުމާއި ކެންޑިޑޭޓުންގެ ތަސައްވަރާއި ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ބަހުސް އެކެވެ. އިމަގު ޖަމިއްޔާއިން މީގެން ކުރިން 2014 ވަނަ އަހަރު ވަނީ އިހަވަންދޫ ރަށުކައުންސިލް އަދި އަތޮޅު ކައުންސިލްގެ އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ މެދުގައި ބަހުސްއެއް ކުރިއަށްގެންގޮސްފައެވެ. އަދި އެއަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ މެދުގައިވެސް ބަހުސްއެއް ބާވާފައިވެއެވެ. މިބަހުސްތަކަކީ އާއްމުންގެ ތަރުހީބު ވަރަށްބޮޑަށް ލިބުނު ބަހުސް ތަކެއްކަން ފާހަގަކޮށްލެވެއެވެ.
އިމަގު ކައުންސިލް ބަހުސް މޮޑަރޭޓް ކޮށްދެއްވާނީ އިހަވަން އޮންލައިންގެ އެޑިޓަރ އަލްފާޟިލް މުހައްމަދު އަބުދުއްސަމަދު އެވެ. އިމަގު ކައުންސިލް ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ އޭޕަރީލް މަހުގެ 6 ވާ އަންގާރަ ދުވަހުގެރޭ އިހަވަންދޫ އޯޕަންސްޓޭޖު ސަރަހައްދުގައެވެ. މި އިވެންޓު އިހަވަން އޮންލައިން އިން ލައިވް ކުރާނެ ކަމަށް އިހަވަން އޮންލައިން އިން މައުލޫމާތު ދެއެވެ.
ގުޅުން ހުރެދާނެ ލިޔުން
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނަގަނީ
21 - ޑިސެމްބަރު - 2023
އިލެކްޓްރިކަލް ދާއިރާގެ ކޯހެއް ހިލޭ ކިޔެވުމުގެ ފުރުސަތު
14 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
26 - ޖޫން - 2023
ތައުލީމީ ދާއިރާއިން ސިވިލް ސޮސައިޓީ އެވޯޑް އިމަގަށް
9 - ޖޫން - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
އިމަގު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަސް
25 - މާރިޗު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް