ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފަށައިފި..
މިސަރުކާރުން ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރަމުންދާ އިހަވަންދޫ ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން ބިޑަކާއި ނުލާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މިމަސައްކަތް ފަށާފައިވަނީ މިއަދުއެވެ. ބިޑަކާއި ނުލާ މިމަސައްކަތް ހަވާލުކޮށްފައިވަނީ ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓެރޭޑިންގ އާއެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 2.4 މިލިއަން ރުފިޔާގެ އަގަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނިން މިމަސައްކަތް ފަށާފައިވަނީ ލޯކަލް ސަބް ކޮންޓްރަކްޓަރަކާއި ހަވާލު ކޮށްގެންނެވެ. ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓެރޭޑިންގ އަކީ 2007 ވަނަ އަހަރު އުފައްދާފައިވާ، މުހައްމަދު ތައުފީޤުގެ ކުންފުންޏެކެވެ. އެކުންފުންޏަކީ މިދާއިރާގައި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރެވެއެވެ.
ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފެށިނަމަވެސް، އެ ދަނޑުގެ ސަބްބޭސް ހެދުމާއި ޓާފް އެޅުމުގެ މަސައްކަތް އަދިވެސް ނުނިމެއެވެ. ހުރަވީ ދަނޑުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މަސައްކަތް ފެށުމަށްފަހު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް، މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ދަނޑުގެ ސަބްބޭސްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާފައެވެ. ނަމަވެސް، ޓާފް އެޅުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން މިހާރު ދަނޑުގައި އެކުންފުނިން ކުރަމުންދަނީ ސަބްބޭސްގައި ފަޅާފައިވާ ވިނަތައް ނޮޅައި ސާފުކުރުމުގެ މަސައްކަތެވެ. އެމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 4,832,827 މިލިއަން ރުފިޔާގެ އަގަކަށެވެ. އެހެންކަމުން ހުރަވީ ދަނޑު ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫއުގެ އަގު މިހާރުއެވަނީ 7.23 މިލިއަން ރުފިޔާއަށް އަރާފައެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓް
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)
ހުރަވީ ދަނޑު
ގުޅުން ހުރެދާނެ ލިޔުން
ހުރަވީ ދަނޑުގެ މަސައްކަތް ނިމޭނީ އޭޕްރީލް މަހު: އާރުޑީސީ
4 - ފެބްރުއަރީ - 2026
އާރުޑީސީއިން ހުރަވީ ދަނޑަށްއެޅި ކުނި އެކުންފުނިން ނަގައިފި!
27 - އޭޕްރީލް - 2025
ހުރަވީ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާގެ އަގަކަށް!
20 - އޭޕްރީލް - 2025
ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރު.ޑީ.ސީ އާ ހަވާލުކޮށްފި
29 - ޖެނުއަރީ - 2025
ސޮބާހް އާރުޑީސީ އިހަވަންދޫ ސައިޓްގެ ސީނިއަރ މެނޭޖަރުގެ މަޤާމަށް!
6 - ސެޕްޓެމްބަރު - 2026
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
އިހަވަންދޫ މަގުތަކުގެ ހާލަތު މިއިން ދުވަހަކު ނުދާހާ ދަށަށް!
7 - ޖޫން - 2026
އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިންދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެއްޖެ!
11 - މޭ - 2026
އާރު.ޑީ.ސީ އިހަވަންދޫ ސައިޓަށް މިއަދު 14 އަށްވުރެ ގިނަ މުވައްޒަފުން ނަގައިފި!
2 - އޭޕްރީލް - 2026
އާރުޑީސީ އިހަވަންދޫ ސައިޓަށް 14 މުވައްޒަފުން ހޯދަނީ!
29 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް