އިމަގުން އެއްލައްކަ ރުފިޔާގެ އަގުހުރި މުބާރާތެއް ބާއްވަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން އިމަގުން 100،000ރ ގެ އަގުހުރި ފްޓްބޯޅަ މުބާރާތެއް ބާއްވާނެކަން އިއުލާންކޮށްފިއެވެ. އިމަގު ކަޕްގެ ނަމުގައި ބާއްވާ އެމުބާރާތް ހުޅުވައިލާނީ މުޅި ބޮޑު ތިލަދުން މައްޗަށް ކަމަށް އިމަގުން ހާމަކުރެއެވެ.

އިމަގު ޖަމިއްޔާގެ ރައީސް މޫސާ އަލީ ވިދާޅުވީ އެމުބާރާތަކީ، މިއަހަރު އިމަގު ޖަމިއްޔާއިން ފާހަގަކުރަމުން އަންނަ އެޖަމިއްޔާގެ ރިހިޔޫބީލް ހަރަކާތުގެ ތެރިން އިއުލާނުކުރެވުނު މުބާރާތެއްޖަމުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރުގެ ޑިސެންބަރުމަހު ބާއްވާ އެމުބާރާތް ހާއްސަވެގެންދާނީ ބޮޑު ފުޓްބޯޅަ ނުވަތަ އިލަވެން އަ ސައިޑް އަށެވެ.

މިހާރުވެސް އިހަވަންދޫގައި އަގުބޮޑު ދެ މުބާރާތެއް ކުރިޔަށް ގެންދެއެވެ. އެއީ 13 މުބާރާތް ކުޅެފައިވާ މައިކަޕް އާއި މިއަހަރު އަލަށްފެށި އިހަވަން ކަޕެވެ. އެ ދެ މުބާރާތްވެސް ކުޅެނީ ނައިން އަ ސައިޑް އަށެވެ. މައިލކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް 75،000ރ ދީފައިވާއިރު، އިހަވަން ކަޕްގެ ޗެމްޕިއަނުންނަށް 50،000ރ ދީފައިވެއެވެ. ވުމާއިއެކު އިމަގު ކަޕްވެގެންދާނީ އިހަވަންދޫގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތަށެވެ.