Banner Image Description

އެންވިކޭ އާއި ޖަންގަލް ސެމީއަށް

adhuham

ބާބަކިޔު ހަޓް ކައުންސިލް ކަޕް 2020 މުބާރާތުގެ ގުރޫޕް 1 އުން އެންވިކޭ އަދި ޖަންގަލު ސެމީގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ޖަންގަލް ސެމީގެ ޖާގަ ކަށަވަރުވީ ރޭ ކުޅިމަގާ ބައްދަލު ކުރި މެޗުން 3-3 އެއްގެ ނަތީޖާއިން އެއްވަރުވެ، ދެ ޓީމުވެސް ޕޮއިންޓުގެ ގޮތުން އެއްވަރުވުމުން ގޯލުގެ ފަރަގުންނެވެ. ގުރޫޕް 1 ގެ ޕޮއިންޓް ޓޭބަލްއިން އެންމެ ކުރީގައި 6 ޕޮއިންޓާއެކު އޮތީ އެންވީކޭއެވެ.

ގުރޫޕް 2 އެއްގެ މެޗުތަކެއްވެސް އިއްޔެ ކުޅެވިގެން ދިޔައެވެ. އެގޮތުން ގަބީލާއާ އަރާދުވާ ބައްދަލު ކުރި މެޗު 6-4 އެއްގެ ނަތީޖާއިން ވަނީ ގަބީލާ ކާމިޔާބުކޮށް އުއްމީދު އާކޮށްފައެވެ. ދެން ކުޅެވިގެންދިޔަ ވީކޭޖީއާ ސެންސިޓީގެ މެޗުވަނީ ދެ ޓީމަށްވެސް ނަތީޖާ ނުނެރެވި 4-4 އަކުން އެއްވަރުވެފައެވެ.

މިއާއެކު ގުރޫޕް 2 ގެ ޕޮއިންޓު ޓޭބަލްއިން އެންމެ ކުރީގައި 4 ޕޮއިންޓާއެކު އަދި އޮތީ ސެންސިޓީއެވެ. އަރާދުވާ އަދި ގަބީލާ، މިއިން ކޮންމެ ޓީމަކަށްވެސް 3 ޕޮއިންޓު ލިބިފައިވާއިރު، ޓޭބަލްގެ އެންމެ ފުލުގައި އަދި އޮތީ ވީކޭޖީއެވެ.

ނަމަވެސް، މި ގުރޫޕުގެ ކޮންމެ ޓީމަކަށްވެސް ސެމީއަށް ދިޔުމުގެ ފުރުސަތު އަދި އެބައޮތެވެ. މި ޓީމުތައް ކަށަވަރު ވާނީ މިއަދު ކުޅޭ މެޗުކުގެ ނަތީޖާއަށް ފަހުއެވެ.