3 ވޯޓުގެ ތަފާތަކުން އައިޝާއަށް ގާތްގަނޑަކަށް ގޮނޑި ކަށަވަރުވެއްޖެ!
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އިހަވަންދޫ ކައުންސިލުން މިހާތަނަށް އެއްކޮށް ކަށަވަރުނުވާ ގޮނޑި، 3 ވޯޓުގެ ކުޑަ ތަފާތަކުން އަމިއްލަގޮތުން ވާދަކުރި އާއިޝަތު ސަމާހަތުއަށް ގާތްގަނޑަކަށް ކަށަވަރުވެއްޖެއެވެ.
މިހާތަނަށް އަޅުގަނޑުމެންނަށް ވެރިފައިކުރެވިފައިވާ ނަތީޖާތަކުން ދައްކާގޮތުގައި ސަމާހަތުއަށް ޖުމްލަ 864 ވޯޓު ލިބިފައިވެއެވެ. ސަމާހަތުއާއި އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް އާއިޝަތު ޝިޔާމާއަށް ލިބިފައިވަނީ 861 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާ ޕޯޓަލްގައި މިހާރު ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ދެ ކެނޑިޑޭޓުންގެ މެދުގައި ވަނީ 2 ވޯޓުގެ ތަފާތެކެވެ. އެ ޕޯޓަލްއިން ދައްކާގޮތުގައި ސަމާހަތުއަށް 863 ވޯޓު ލިބިފައިވާއިރު، ޝިޔާމާއަށް ލިބިފައިވަނީ 861 ވޯޓެވެ. ނަމަވެސް، އިލެކްޝަންސް ޕޯޓަލްއަށް 'ތިނަދޫ އެހެނިހެން ފޮށި-1' ގެ ނަތީޖާ އަދިވެސް އަޕްޑޭޓް ކޮށްފައެއް ނުވެއެވެ.
'ތިނަދޫ އެހެނިހެން ފޮށި-1' ނަތީޖާ އަޅުގަނޑުމެންނަށްވަނީ ލިބިފައެވެ. އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 4 މީހަކަށެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ ދެ މީހެކެވެ. އެ ފޮށީގެ ނަތީޖާއަށް ބަލާއިރު، ސަމާހަތުއަށް އެއް ވޯޓު ލިބިފައިވާއިރު، ޝިޔާމާއަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، މި ދެ ކެނޑިޑޭޓުންގެ މެދުގައި އޮތް ފަރަގު މިހާރު ވަނީ 3 ވޯޓަށް ބޮޑުވެފައެވެ.
މިއީ އިހަވަންދޫގެ ތާރީހުގައިވެސް ދެ ކެނޑިޑޭޓެއް މިހާގާތުން ވާދަކުރި ފަހަރެވެ. ނަމަވެސް، މި ނަތީޖާއަށް އަދިވެސް ބަދަލެއް އައުމުގެ ކުޑަ ފުރުސަތެއް އެބައޮތެވެ. އެގޮތުން، ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށްޓެއްގެ 2-3 ވޯޓެއްގެ މައްސަލަ އެމްޑީޕީގެ ފަރާތުންވަނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައެވެ. ހަމައެހެންމެ އަމިއްލަ ކެނޑިޑޭޓުންގެ ފަރާތުންވެސް އިހަވަންދޫގައި ބަހައްޓާފައިހުރި ވޯޓް ފޮއްޓެއްގެ ދެ ވޯޓަކާއިގުޅޭ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށްވަނީ ހުށަހަޅާފައެވެ. ވޯޓްގެ ޖުމުލަ ނަތީޖާއަށް ބަދަލު ނާންނާނެ ކަމެއްނަމަ އެފަދަ ޝަކުވާއެއް ބެލުމަކީ ވަރަށް ނާދިރު ކަމެކެވެ.
ގުޅުން ހުރެދާނެ ލިޔުން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017: އިހަވަންދޫ ރަށުކައުންސިލްގެ 5 ގޮނޑި އެމްޑީޕީން ކަށަވަރު ކޮށްފި
7 - މޭ - 2017
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބާއްވާ ފަރިއްކޮޅަށް އިހަވަންދޫގެ ރައްޔިތުންނަށް ދައުވަތު ދީފި
10 - އޭޕްރީލް - 2026
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ރެފެރަންޑަމް އިއުލާންކޮށް، ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލައިފި
18 - ފެބްރުއަރީ - 2026
އ.ތ.މ.ކ ނައިބު ނަޝީދާ، މިފަހަރު ސޮބާހް ޓީމާއިއެކު ރައީސާ ކަމަށް!
26 - ޖެނުއަރީ - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް، ސޮބާހް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފި
19 - ޖެނުއަރީ - 2026
ކައުންސިލް އިންތިހާބަށް ކުރިމަތިލެވޭނީ 1 ފެބުރުއަރީއާ ހަމަޔަށް!
17 - ޖެނުއަރީ - 2026
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން އަންނަ ހޮނިހިރު ދުވަހާއި ހަމަޔަށް!
15 - ޖެނުއަރީ - 2026
އެމްޑީޕީއިން އިހަވަންދޫ ކައުންސިލަށް ވާދަކުރާ ޓީމް މިއޮތީ!
12 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް