އިހަވަންދޫން ކޮވިޑަށް ފައްސިވި އެންމެން ބަލިން ފަސޭހަވެއްޖެ

އިބްރާހިމް ނަޝީދު

އިހަވަންދޫން ކޮވިޑަށް ފައްސިވި 5 މީހުންވެސް ބަލިން ރަނގަޅުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކަރަންޓީނުން ދޫކޮށްލާފައި ވަނީ ތަހުތު ބޯޓުގެ ބިދޭސީ ދެ ފަޅުވެރިންނެވެ. އެދެމީހުން ދޫކޮށްލުމާއެކު ތަހުތު ބޯޓުގެ ކަރަންޓީނުވެސް ވަނީ އުވާލާފައެވެ.

އިހަވަންދޫން ފުރަތަމަ ކޮވިޑުގެ ކޭސް އެއް ފެނިފައިވަނީ މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެރޭ މާލެއިން ފުރާގެން އިހަވަންދޫއަށް އައި ޓޫފޯޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ބައްޔަށް ފައްސިވުމާއެކު އެވެ.

ކޯވިޑް-19: ކޯވިޑް-19 އަށް ހއ. އިހަވަންދޫން އިން ފައްސިވި އެންމެހާ ބޭފުޅުން ބަލިން ރަނގަޅުވުމާއި އެކު މިހާރު ވަނީ…

Posted by Amina Dhiyo Health Centre on Friday, August 21, 2020

އާމިނާދިޔޯ ސިއްހީމަރުކަޒުން ދާދި ދެންމެ އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިހަވަންދޫން ކޮވިޑު ބައްޔަށް ފައްސިވި އެންމެހާ ބޭފުޅުން ބަލިން ރަނގަޅުވުމާއެކު ދޫކޮށްލާފައިވާ ކަމަށާ ކަރަންޓީނުގެ މުއްދަތުގައި އެފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.