ސަރުކާރާ ގުޅިގެން ކުރިއަށްދާން މިތިބީ ތައްޔާރަށް: އިންތިޚާބީ ރައީސް ފަވާޒް
މުޙައްމަދު އަކުރަމް
18 - އޭޕްރީލް - 2026
އިހަވަންދޫގެ ތަރައްޤީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް، އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އަލީ ފަވާޒް ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ފަވާޒް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ރަށުގެ ތަރައްޤީއަށް ހުރަސްއަޅާނެ އެއްވެސް ކަމެއް ކައުންސިލްގެ ތެރެއިން ނުފެންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލެއްގައި އިރާދަކުރެއްވިއްޔާ، ރަށަށް މިއަންނަ ތަރައްޤީގެ އެއްވެސް މަޝްރޫޢަކަށް ހުރަހެއް ނޯންނާނެ. އެކަންކަމުގައި ސަރުކާރާ ގުޅިގެން އަޅުގަނޑުމެން ކުރިއަށް ދާން މިތިބީ ތައްޔާރަށް،" ފަވާޒް ވިދާޅުވިއެވެ.
މި އިންޓަވިއުގައި ފަވާޒް ވަނީ އައު ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ބައެއް މުހިންމު ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އިހަވަންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަކީ ހައްލުކުރަން ބޭނުންވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. ކުނީގެ ސަބަބުން ރަށުގައި އެތައް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި ފަވާޒް ވިދާޅުވީ، ކުނިކޮށީގެ މިހާރުގެ ހާލަތު އޮތްގޮތުން އެކަން ހައްލުކުރެވޭނީ ސަރުކާރުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ފެށޭ ކައުންސިލްގައި، ކުނި މެނޭޖްކުރުމުގެ ކަންކަން އިރާދަކުރެއްވިއްޔާ ގެންދާނަން. އެހެންނަމަވެސް މިކަންކަމަކީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ބޭނުންވާނެ ކަމެއް،" ފަވާޒް ތަފްސީލުކޮށްދެއްވިއެވެ.
އިންޓަވިއު ނިންމަވާލައްވަމުން ފަވާޒް، ކައުންސިލުން މަސައްކަތް ކުރާނީ ސަރުކާރާ ގުޅިގެން، ރަށުގެ ކުރިއެރުމާއި ލާބަޔަށްޓަކައި ކަމުގެ ޔަޤީންކަން އިހަވަންދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ. އައު ކައުންސިލް ހުވާކުރާނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ނައިބަކަށް މޫސާ އަލީ، އ.ތ.މ.ކ ގެ ނައިބަކަށް ސައުޖަތު އިންތިހާބު ކޮށްފި!
17 - މޭ - 2026
އަމިއްލަގޮތުން އިންތިހާބުވެފައި، ޕާޓީއަކާ ގުޅުމަކީ އަމިއްލަ ނަފްސު ގަބޫލުކުރާ ކަމެއްނޫން – އައިޝާ
15 - މޭ - 2026
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
"ރައްޔިތުންގެ ޓީމް" ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ނިންމައިފި: ސޮބާހް
15 - އޭޕްރީލް - 2026
ދެ ސަރުކާރުގެ އެއްބާރުލުންވެސް ކައުންސިލަށް ފުރިހަމަޔަށް ނުލިބޭ – ކައުންސިލަރު ޒާހިރު
11 - މާރިޗު - 2026
އިހަވަންދޫން ގޯތި ދޫކުރުމުގެ ހުއްދަ އަދިވެސް ނުލިބޭ، މަސައްކަތް އޮތީ ހުއްޓިފައި!
7 - މާރިޗު - 2026
ލޯކަލް ކައުންސިލް އިންތިހާބު 2026: ސޮބާހްގެ އާއިއެކު ނުކުންނަ ފުލް ޓީމް އިއުލާންކޮށްފި!
23 - ޖެނުއަރީ - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް، ސޮބާހް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފި
19 - ޖެނުއަރީ - 2026
ސިފާހް (ބޮންއަޅާ) އަމިއްލަގޮތުން ކުރިމަތިލަނީ!
16 - ޖެނުއަރީ - 2026
ސޮބާހް އާއިއެކު އަމިއްލަގޮތުން ކައުންސިލަށް ވާދަކުރާ ޓީމް އިއުލާންކޮށްފި
12 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް