އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށްޓަކައި އިހަވަންދޫ ކައުންސިލާއި ރަށުގެ ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އިހަވަންދޫ ރަށްވެހި ހިޔާ ހޯލްގައި ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ރަށުގެ އިންތިޚާބީ ކައުންސިލްގެ ރައީސާއި ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އާންމުގޮތެއްގައި އިހަވަންދޫގައި ކޮންމެ އަހަރަކުވެސް ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް އިސްވެ ހިންގަނީ އިހަވަަންދޫގެ ދެ ޖަމިއްޔާ ކަމަށްވާ އިމަގު ޖަމިއްޔާ އާއި ކްލަބް ޕޯލްސްޓަރ އިންނެވެ. ނަމަވެސް، މި އަހަރުގެ ޢީދު ކައުންސިލްގެ ބެލުމުގެ ދަށުން ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. ކައުންސިލުން ޢީދު ފާހަގަކުރަން ނިންމި ކަމުގައި ވިޔަސް، ހުރިހާ ހަރަކާތްތަކެއް ކުރިއަށްދާނީ އިމަގު ޖަމިއްޔާއާއި ޕޯލްސްޓަރ ކުލަބު އިސްވެ ތިބެ، ރަށުގެ ހުރިހާ މުއައްސަސާތަކެއްގެ ބައިވެރިވުމާ އެކުގައެވެ.
އިންތިޚާބީ ކައުންސިލުން އެދިފައިވަނީ، ޢީދުގެ ހަރަކާތްތައް ވަކިވަކި ތަންތަނުގައި ހިންގުމުގެ ބަދަލުގައި، އެއް ތަނެއްގައި ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށެވެ. މިއީ ރަށުގެ ރައްޔިތުންނަށް އެއްވެ އުޅުމަށާއި، އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުލަބު ޖަމިއްޔާތަކުން ވަނީ ކައުންސިލްގެ މި ހުށަހެޅުމަށް މަރުޙަބާ ކިޔާފައެވެ. އެގޮތުން، ދެ ތަނެއްގައި އެއް ވަގުތެއްގައި ހަރަކާތްތައް ހިންގުމުގެ ބަދަލުގައި، ހުރިހާ ރައްޔިތުންނަށް ފަސޭހައިން ބަލައިލެވޭނެ އަދި ބައިވެރިވެވޭނެ ފަދަ ގޮތަކަށް އެއް ތަނެއްގައި ހަރަކާތްތައް އިންތިޒާމު ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޖަމިއްޔާތަކުން ވަނީ ދީފައެވެ.
މި އަހަރުގެ ޢީދުގައި ކުރިއަށްދާނީ މައިގަނޑު ގޮތެއްގައި ކުލަބު ޖަމިއްޔާތަކުން ރާވާފައިވާ ސަގާފީ އަދި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކެވެ. މިއީ އިހަވަންދޫގެ އެއްބައިވަންތަކަން ދައްކުވައިދޭނެ ކުލަގަދަ ޢީދަކަށް ވެގެންދާނެ ކަމަށް ރަށުކައުންސިލުން އުންމީދު ކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
މަސްވެރިންގެ ޔޫނިއަންއިން ރަށުގެ އިޖުތިމާއީ ހަރަކާތްތަކަށް މާލީ އެހީދީފި
10 - ޑިސެމްބަރު - 2019
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ޢީދު ހަރަކާތްތަކުގެ ޖުމުލަ ހަރަދު ފުރަތަމަ ފަހަރަށް އިހަވަންދޫ ކައުންސިލުން ހާމަކޮށް މިސާލު ދައްކައިފި
28 - ޖޫން - 2026
ކްލަބު ޕޯލްސްޓަރގެ ސަގާފީ ހަރަކާތްތަކަށް ބޮޑު ސަމާލުކަމެއް ...
2 - ޖޫން - 2026
އިހަވަންދޫގައި ބޭއްވުނީ ފަހުގެ ތާރީޚެއްގައި އެންމެ ފުރިހަމަ އީދު، އައު ކައުންސިލްގެ ފެށުން ބޮޑުތަނުން ރަނގަޅު: ޝިފާއު
2 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް