ކޮވިޑް-19: ކައުންސިލްގެ ޚިދުމަތްތަކަށް ބަދަލު ގެނެސްފި

އައިޝަތު އިލްމާ އަދުނާން

އިހަވަންދޫއިން ކޮވިޑް19 އަށް 5 ފަރާތެއް ފައްސިވުމާ ގުޅިގެން ތިލަދުންމަތީ އުތުރުބުރީ އިހަވަންދު ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކަށްވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން، މިހާލަތުގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކައުންސިލްގެ އިދާރާ ހުޅުވިފައި ހުންނާނެކަމަށް އިހަވަންދޫ ކައުންސިލުންވަނީ ހާމަކޮށްފައެވެ.

ޚިދުމަތްތައް ހޯއްދަވަން ވަޑައިގަތުމުގެކުރިން އެކަމާ ގުޅުންހުރި ސެކުޝަނުން މައުލޫމާތު ސާފުކުރުމަށްފަހު، ޚިދުމަތް ހޯއްދެވުމަށް ވަޑައިގަތުމަށް ކައުންސިލްގެ އިދާރާއިން އިލްތިމާސްކުރެއެވެ.

ކައުންސިލުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ހޯދޭނެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.