އާމިނާދިޔޯ ހެލްތް ސެންޓަރުގައި ޖީ.ސިކްސް.ޕީ.ޑީ ޓެސްޓު ހަދަން ފަށައިފި
.
9 - މޭ - 2026
އާމިނާދިޔޯ ހެލްތް ސެންޓަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖީ.ސިކްސް.ޕީ.ޑީ (G6PD) ކުއަންޓިޓޭޓިވް ޓެސްޓު ހެދުމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. މިއީ އެ ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ޖީ.ސިކްސް.ޕީ.ޑީ ޑެފިޝިއެންސީ، ނުވަތަ މި އެންޒައިމް މަދުވުމަކީ ވާރުތަވާ ކަމެއް ކަމަށްވާއިރު، މީގެ ސަބަބުން ލޭގައި ހުންނަ ރަތް ސެލްތަކަށް ލިބޭ ގެއްލުންތަކުން ދިފާއުވުމުގެ ގާބިލުކަން ހަށިގަނޑުގައި ކުޑަވެ އެވެ. މިފަދަ މީހުން ވަކި ބާވަތެއްގެ ބޭސްތަކަކަށް، ކާނާއަކަށް ނުވަތަ އިންފެކްޝަނަކަށް ހުށަހެޅިއްޖެ ނަމަ، ލޭގެ ރަތް ސެލްތައް ކުއްލިއަކަށް ހަލާކުވެ، ލޭމަދުވުމާއި، ރީނދޫވުމާއި، ވަރުބަލިވުމުގެ އިތުރުން ނޭވާ ކުރުވުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ.
މި ޚިދުމަތް ތައާރަފްކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ބަލިމީހުންނަށް ދެވޭ ފަރުވާގެ ރައްކާތެރިކަން އިތުރުކުރުމެވެ. ހާއްސަކޮށް ބައެއް ކަހަލަ އެންޓިބަޔޮޓިކްސް ފަދަ ބޭސްތައް ބޭނުންކުރުމުގެ ކުރިން، ބަލިމީހާގެ ޖީ.ސިކްސް.ޕީ.ޑީ ލެވެލް ހުރި މިންވަރު ކުއަންޓިޓޭޓިވް ޓެސްޓެއްގެ އެހީގައި ދެނެގަތުމަކީ، ނޭނގި ހުރެ ދެވޭ ފަރުވާއަކުން ބަލިމީހާގެ ފުރާނައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އޮތް އެންމެ ކަށަވަރު މަގެވެ.
މީގެ އިތުރުން، އަލަށް އުފަންވާ ތުއްތު ކުދިންނަށް ދިމާވާ ސީރިއަސް ރީނދޫވުމުގެ މައްސަލަތައް ދެނެގަތުމަށާއި، ބޮޑެތި މީހުންވެސް ދުރުވާންޖެހޭ ކާނާގެ ބާވަތްތައް (މިސާލަކަށް ފާވާ ބީންސް) އަދި ކެމިކަލްތައް (މިސާލަކަށް ނެޕްތަލީން) ދެނެގަނެ، ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނައުމަށް މި ޓެސްޓު އެހީތެރިވެދޭނެ އެވެ.
ގުޅުން ހުރެދާނެ ލިޔުން
ރައްޒާން، އިސްތިއުފާ ދެއްވައިފި...
16 - އޮގަސްޓު - 2026
އިތުރު ދެ ޕޮލިޓިކަލް ޑިރެކްޓަރުން އާމިނާދިޔޯ ސިއްޙިމަރުކަޒަށް އައްޔަންކޮށްފި، ޖުމުލަ އަދަދު 4 އަށް!
24 - މާރިޗު - 2026
އުބައްޖަހައި، ހޮސްޕިޓަލް އަޅާބިން އަނެއްކާވެސް ކޮންނަން ފަށައިފި!
15 - މާރިޗު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ހުއްޓިފައިވާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް، އައު ޑިޒައިނަކާއި އެކު ފަށަނީ!
10 - އޮގަސްޓު - 2025
އިހަވަންދޫއަށް ތާރީހީ ދުވަހެއް : އިހަވަންދޫ ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ފަށައިފި !
16 - ޖުލައި - 2025
އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރާ ބިން އާރު.ޑީ.ސީ އާއި ހަވާލުކޮށްފި
9 - ޖުލައި - 2025
އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ!
19 - މާރިޗު - 2025
އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ފަށައިފި!
28 - ފެބްރުއަރީ - 2025
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
26 - ފެބްރުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް