ކޮވިޑް-19 އަށް ޓެސްޓްކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ނެގި 41 ސާމްޕަލްގެ ތެރެއިން 2 ފަރާތެއްގެ ސާމްޕަލް ފައްސިވެއްޖެ އެވެ.
މިރޭ ފައްސިވެފައިވަނީ ތަހުތު ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 2 ބިދޭސީންނެވެ. އެހެންކަމުން މިއީ ތަހުތު ބޯޓުން ކުރިން ފައްސިވެފައިވާ ފަރާތާ ގުޅުންހުރި ދެކޭސް ކަމަށް ބެލެވެއެވެ.
އަންގާރަ ދުވަހުގެ ރޭ ނެގުނު 41 ސާމްޕަލްގެ ތެރެއިން 24 ސާމްޕަލްގެ ނަތީޖާ ލިބިފައިނުވާއިރު 17 ސާމްޕަލެއްގެ ނަތީޖާ މިހާރުވަނީ ލިބިފައެވެ. މި ސާމްޕަލްތަކުތެރިން 15 ސާމްޕަލްވަނީ ނައްސިވެފައެވެ.
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އިހަވަންދޫއިން މިހާތަނަށް 198 ސާމްޕަލް ނަގާފައިވާއިރު 5 ފަރާތެއްވަނީ ފައްސިވެފައެވެ. 152 ސާމްޕަލް ނައްސިވެފައިވާއިރު 41 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.