ކޮވިޑް-19 އަށް ޓެސްޓްކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ނެގި 41 ސާމްޕަލްގެ ތެރެއިން 15 ސާމްޕަލް ނައްސިވެފައިވާކަމަށް އާމިނާ ދިޔޯ ޞިއްޙީމަރުކަޒުން ހާމަކޮށްފިއެވެ.
ބާކީ 26 ސާމްޕަލްގެ ނަތީޖާ ލިބިފައިނުވާއިރު ނައްސިވި ސާމްޕަލްތަކުގެ ތެރޭގައި މިވަގުތު އިހަވަންދޫގައި ކޮވިޑް-19 އަށް ފައްސިވެފައިވާ 3 ފަރާތުގެ ކުލޯސް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ސާމްޕަލްތައް ހިމެނެއެވެ.
ކޮވިޑް-19 އަށް ޓެސްޓުކުރުމަށް އިހަވަންދޫއިން 181 ފަރާތެއްގެ ސާމްޕަލް ނަގާފައިވާއިރު ކޮވިޑް-19 އާ ގުޅިގެން އިހަވަންދޫގެ 32 ތަނެއްވަނީ ކަރަންޓީނުކޮށްފައެވެ.