އިހަވަންދޫ މަދަރުސާގެ ޕުރިފެކްޓުން މިލަންދޫ ސުކޫލުގައި

އިބްރާހިމް ނަޝީދު

އިހަވަންދޫ މަދަރުސާގެ ޕުރިފެކުޓު ބޯޑުގައި ހިމެނޭ ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުން، ށ. މިލަންދޫ ސުކޫލަށް ޒިޔާރަތް ކޮށްފިއެވެ. ތަޖުރިބާ ހިއްސާ ކުރުމަށް އިހަވަންދޫ މަދަރުސާގެ ޕްރިފެކްޓުން މިލަންދޫ ސުކޫލަށް މިކުރި ޒިޔާރަތުގައި 21 ބެލެނިވެރިންނާއި މަދަރުސާގެ 19 މުޥައްޒަފުންގެ އިތުރުން 35 ދަރިވަރުންނާއެކު ޖުމްލަ 75 ބައިވެރިން ހިމެނެއެވެ.

ދަތުރުގެ ބައިވެރިން އިއްޔެ ހެނދުނު މިލަންދުއަށް އައުމުން މިލަންދޫ ސުކޫލުގެ ފަރާތުން ދަތުރުގެ ބައިވެރިންނަށްވަނީ ވަރަށް ހޫނު މަރުޙާބާއެއް ކިޔައިފަ އެވެ. އަދި ރޭގެ ނިލަށް ދަތުރުގެ މުހިންމު ރަސްމީ ހަރަކާތްތަށް ނިމިފައިވާއިރު ދަތުރުގެ ބައިވެރިން މިލަންދޫން ފުރަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11:00 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕުރިފެކްޓުންގެ މިދަތުރުގެ ޚަރަދު ހަމަޖައްސައި ދީފައިވަނީ “ސަން ފައުންޑޭޝަން” ގެ ދީލަތި އެހީތެރިކަމާއެކުގަ އެވެ.