ޚަބަރު

"ފުއްޓަރު އުފާ" ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވައިފި

"ފުއްޓަރު އުފާ" ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވައިފި
Advertisement Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ހއ. އިހަވަންދޫގައި "ފުއްޓަރު އުފާ" ނަމުގައި ތަރައްޤީކުރާ ހިތްފަސޭހަ މައިޒާނުގެ ބިންގާ މިއަދު ހަވީރު އަޅުއްވައިދެއްވައިފިއެވެ.

މި މަޝްރޫޢަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއިން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރަށުގެ އިސް ވެރިންނާއި، އ.ތ.މ ކޮމިޓީގެ މެންބަރުން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނެއެވެ. މެޑަމް ސާޖިދާ މުޙައްމަދު، ވަނީ މިދަތުރުފުޅުގައި އިހަވަންދޫ އާމިނާދިޔޯ މަރުކަޒުގައި އަލަށް ފަށާ ޑައިލިސިސް ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. 

ކޮމެންޓް

އަހުމަދު·4 ހަފްތާ ކުރިން

މިކަން ވަރަށް އަވަހަށް ނިންމާނެކަމަށް އުންމީދުކުރަން.

މޯޑު·4 ހަފްތާ ކުރިން

ދުވަހަކުވެސް ނިމޭނެހެނެއް ހިޔެއްނުވޭ.

ހަސަނު·4 ހަފްތާ ކުރިން

ތީ ހިޔާލީ ފޮލާއެއް.

މޮހޮނު·4 ހަފްތާ ކުރިން

ތީ ހުސް މަދިރިއުޅޭ ސަރަހައްދެއް. ތިތަމުގަ ކިހިނެއް ތިކަހަލަ ކަމެއްކުރާނީ؟