Banner Image Description

ޖުމުލަ 3 މީހުން ފައްސިވެ ކޮމިއުނިޓީ ސްޕްރެޑެއް އޮވެދާނެ ކަމުގެ ބިރު ހީވެފައި

.

ހއ. އިހަވަންދޫ ޓޫފޯޓޯ ބޯޓުގެ އިތުރު ފަޅުވެރިއަކކޮވިޑް-19 އަށް ފައްސިވެ، އިހަވަންދޫން ކޮވިޑަށް ފައްސިވި ޖުމުލަ އަދަދު 3 ކަށް އަރައިފިއެވެ.

މިހާތަނަށް ކޮވިޑަށް ފައްސިވެފައި ވަނީ މާލެއިން އިހަވަންދޫއަށް ދަތުރުކުރި 3 މީހަކެވެ. އެއީ ޓޫފޯޓޫ ބޯޓުން ދަތުރުކުރި 2 މީހަކާއި ތަހުތު ބޯޓުން ދަތުރުކުރި މީހެކެވެ. މި އެންމެންނަކީވެސް ދިވެހިން ނެވެ.

އިހަވަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮވެދާނެ ކަމަށް ގިނަބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައި އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވަނީ ރައްޔިތުންނަށް، މީހުންނާ ބައްދަލުވާ އަދަދު މަދުކުރައްވާ ގޭގައި ތިއްބެވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ “ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިއުމުގެ ކުރިން ރަށް ފުރަބަންދަކަށް ދާންޖެހިދާނެ، ގޭގައި ތިއްބަވާ، ބައްދަލުވާ އަދަދު މަދުކުރޭ، އަޅަމެން އެންމެންނަށް ހެޔޮ ރަޙްމަތް ލައްވާށި،” އެވެ.

މިހާތަނަށް ފައްސިވެފައިވާ އިތުރު ދެފަރާތުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިވަގުތު ދަނީ ކުރެވެމުންނެވެ. އެގޮތުން ތަހުތު ބޯޓު އަދި ޓޫފޯޓޯ ބޯޓުގެ އެއްވެސް ފަޅުވެރިއަކާ ބައްދަކުވެފައިވާ މީހަކު ހުރިނަމަ 6500284  އަށް ގުޅުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން އެދިލައްވައެވެ.

އެޗް.ޕީ.އޭ އިން އިހަވަންދޫ މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް ކޮވިޑް އިހަވަންދޫ އޮޕްރޭޓިންގް ސެންޓަރަށް ލަފާދޭ ކޮމެޓީން ވަނީ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ރަށުގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައެވެ.