Banner Image Description

އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި

މަރިޔަމް

ހއ. އިހަވަންދޫގައި ކޮވިޑުބަލީގެ ކޭސްތައް އިތުރުވަމުންދާތީ ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް ސިއްހީ މަރުކަޒަށް އެންގުމަށް އިލްތިމާސްކޮށްފި އެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން މިއަދު ހަވީރު 4:00 ގައި ހާމަކޮށްފައިވާ ޢަދަދުތަކަށްބަކާއިރު، މިއަދު ވަނީ 11 މީހަކު ކޮވިޑަށް ފައްސިވެފައެވެ. އެއީ ރޯގާގެ އަލާމަތްތައް ހުރެގެން 25 ޑިސެމްބަރ 2021 ގައި ނެގި ފުލޫގެ 4 ސާމްޕަލް އަކާއި ކޮވިޑަށް ފައްސިވެފައިވާ ފަރާތްތަކާއި ޑައިރެކްޓު ކޮންޓެކްޓްވެފައިވާތީ 25 ޑިސެމްބަރ 2021 ގައި ނެގި 7 ސާމްޕަލް ކަމަށް އެމަރުކަޒުން ހާމަކުރައްވައެވެ. މިވަގުތާހަމައަށް ނަތީޖާ ނުލިބޭ 21 ސާމްޕަލް އެއް ވާއިރު، މިފަހަރު ރަށުން ފެނުނު ކޮވިޑު ކޭސްތަކާ ގުޅިގެން ޖުމުލަ 89 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް އެމަރުކަޒުން ހާމަކުރައްވައެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒުން ބުނެފައި ވަނީ ހުމާއި  ރޯގާގެ  އަލާމާތްތައް  ހުރި  އެންމެހާ  ބޭފުޅުން  ލަސް  ނުކުރައްވާ  ސާމްޕަލް  ނެގުމަކީ  ބަލި  ފެތުރުން  ކޮންޓްރޯލު  ކުރުމަށް  އެޅިގެން  ދާނެ  ފިޔަވަޅެއް  ކަމަށެވެ.  ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކުން އަމިއްލައަށް އެކަހެރިވެ ، އެމަރުކަޒުގެ ނަންބަރ 6500501   އަށް  ގުޅައި  މައުލޫމާތު ހިއްސާ ކުރައްވައިގެން  ސާމްޕަލް  ނެގުމުގެ  ކަންތައްތައް  ކުރިޔަށް  ގެންދިޔުމަށް މަރުކަޒުން ވަނީ އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.