އެންސްޕާއިން އެހީލިބެމުން އަންނަ ފަރާތްތަކުގެ ތެރެއިން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން-ރީ ރެޖިސްޓްރީވުމަށް އެންސްޕާއިން އަންގައ އިއުލާން ކޮށްފިއެވެ. ންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، އަލުން ރީރެޖިސްޓްރީވުމަށް ހުށަނާޅާފަރާތްތަކަށް، އެމުއްދަތުގެ ފަހުން އެހީ ދިނުން މެދު ކަނޑައިލާނެއެވެ.
އެންސްޕާއިން ހާމަކޮށްފައިވާ އަލުން، ރީރެޖިސްޓްރީވާން ހުށައަޅަންޖެހޭނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 30ގެ ކުރިން، އެހީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުންނެވެ. އެގޮތުން 3 ބާވަތެއްގެ އެހީ ލިބެމުން އަންނަ ފަރާތްތަކުން އަލުން ރިރަޖިސްޓްރީ ވާންޖެހެއެވެ. އެއީ ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ މިހާރު ލިބެމުން އަންނަ ފަރާތްތައް، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީ މިހާރު ލިބެމުން އަންނަ ފަރާތްތައް އަދި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ލިބެމުން އަންނަ ފަރާތްތަކެވެ.
އެ ފަރާތްތަކުން 2026 ވަނަ އަހަރުގެ ނޮވެމްބަރު 30 ގެ ކުރިން ވަންގޮވް ޕޯޓަލް މެދުވެރިކޮށް އާ ފޯމެއް ހުށަހެޅުން ލާޒިމުވެއެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ އައު ހުށަހެޅުމެއް ލުމަށްފަހު އެހީ ދިނުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށް އެ ފަރާތެއްގެ ޙާލަތު އަލުން ވަޒަންކުރުމަށްފަހު ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް