ޚަބަރު

ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ކުރީގެ ޗެމްޕިއަނުން މުބާރާތްފެށީ މޮޅަކުން

ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ކުރީގެ ޗެމްޕިއަނުން މުބާރާތްފެށީ މޮޅަކުން
Advertisement Advertisement

އިހަވަންދޫ ކައުންސިލުން ބާއްވާ، ކައުންސިލް ކަޕް ފިރިހެން ވޮލީ މުބާރާތް 2026 ގެ ފުރަތަމަ ދެ މެޗުން މިމުބާތުގެ ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ޖަންގަލް އަދި ޔުނައިޓެޑް ޔޫތް މޮޅުވެއްޖެއެވެ. ޔުނައިޓެޑް ޔޫތަކީ މިދިޔަ އަހަރުގެ މިމުބާރާތުގެ ޗެމްޕިއަން ޓީމެވެ. ޖަންގަލް ވަނީ 2022 ވަނަ އަހަރު މިމުބާރާތުގެ ތަށި ހިތްލާލާފައެވެ. 

މިމުބާރާތުގެ ފުރަތަމަ މެޗްގައި ޖަންގަލް، ދިއްދޫ ބާރަލާ ސްޕޯރޓްސް ކްލަބްގެ މައްޗަށް ކުރި ހޯދީ ސީދާ 3 ސެޓުންނެވެ. މެޗްގެ ސެޓްތައް 25-12 ، 25-17 އަދި 25-18 އިން ޖަންގަލް ގެންދިއިރު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖަންގަލް ޓީމްގެ ޖާޒީ ނަންބަރު 17، އަހްމަދު ނާފިޔުއެވެ. މިމުބާރާތުގެ ދެ ވަނަ މެޗްގައި ޔުނައިޓެޑް ޔޫތުން، ޓީމް މޮޅަދޫގެ މައްޗަށް ކުރި ހޯދީވެސް ސީދާ 3 ސެޓުންނެވެ. އެމެޗްގެ ސެޓްތައް 25-16 ، 25-20 އަދި 25-14 ޔުނައިޓެޑް ޔޫތުން ގެންދިއިރު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޔުނައިޓެޑް ޔޫތްގެ ޖާޒީ ނަންބަރު 13 އިސްމާއިލް މަންސޫރެވެ.

މިމުބާރާތުގެ ދެ މެޗެއް މިއަދު ކުޅޭނެއެވެ. ފުރަތަމަ މެޗްގައި މިއަދު ހަވީރު އެންވީކޭ ނުކުންނާނީ ޓީމް މޮޅަދޫއާ ދެކޮޅަށެވެ. ދެވަނަ މެޗްގައި ދިއްދޫ ބާރަލާ ސްޕޯރޓްސް ނުކުންނާނީ ޔުނައިޓެޑް ޔޫތާއި ދެކޮޅަށެވެ. 

މިމުބާރާތުގައި ވާދަކުރަނީ އިހަވަންދޫއަށް ނިސްބަތްވާ 3 ޓީމަކާއި، ދިއްދޫ އަދި އަދި މޮޅަދޫއިން ކޮންމެ ރަށަކުން އެއް ޓީމެވެ. އިހަވަންދޫއިން މިމުބާރާތުގައި ވާދަކުރަނީ ޑިފެންޑިންގ ޗެމްޕިއަން ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ. މޮޅަދޫއިން ޓީމް މޮޅަދޫ އަދި ދިއްދޫ އިން މިމުބާރާތުގައި ވާދަކުރަނީ ދިއްދޫ ބާރަލާ ސްޕޯރޓްސް ކްލަބެވެ. ކުރިން މިމުބާރާތުގައި ބައިވެރިވެވެނީ އިހަވަންދޫގެ ޓީމް ތަކަށް އެކަންޏެވެ. މިއީ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވައިލި ފުރަތަމަ ފަހަރެވެ. މިމުބާރާތުގެވެސް އެއްވަނަ ޓީމަށް 30،000ރ އަދި ދެވަނަ ޓީމަށް 10،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް