ކުޅިވަރު ޚަބަރު

ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ފަހަތުންއަރައި އެންވީކޭ ޗެމްޕިއަންކަން ހޯދައިފި

ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ފަހަތުންއަރައި އެންވީކޭ ޗެމްޕިއަންކަން ހޯދައިފި
Advertisement Advertisement

އިހަވަންދޫ ކައުންސިލުން ބާއްވާ، ކައުންސިލް ކަޕް ފިރިހެން ވޮލީ މުބާރާތް 2026 ގެ ޗެމްޕިއަންކަން އެންވީކޭ ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން އެންވީކޭ ހޯދީ މިރޭ ކުޅުނު ފައިނަލް މެޗްގައި ފަހަތުން އަރައި 3-2 ސެޓް އިން ޖަންގަލް ބަލިކޮށްގެންނެވެ. 

މިމެޗްގެ ފުރަތަމަ ޗެޓް 25-16 އިން އަދި ދެވަނަ ސެޓް 25-19 އިން ގެންދިޔައީ ޖަންގަލް ޓީމެވެ. އެޓީމަށް މައްސަލަތައް ދިމާވާން ފެށީ އެޓީމްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޝަަމާއިލް ދެވަނަ ސެޓްގެ ތެރެއުން އިންޖަރީ ވީ ހިސާބުންނެވެ. އެއަށްފަހު ޝަމާއިލްގެ ބަދަލުގައި ނެރުނު އަކްމަލްވެސް ވަނީ އަނިޔާވެ ބަދަލުކުރަން ޖެހިފައެވެ. އެޓީމަށް ގޮތްހުސްވީ މެޗްގެ 3 ވަނަ ސެޓްގައި އެޓީމްގެ މުހިންމު ކުޅުންތެރިޔެއް ކަމަށްވާ ސޮބާހްއަށް އަނިޔާވި ހިސާބުންނެވެ. މެޗްގެ ތިންވަނަ ސެޓް 25-20 އިން އަދި 4 ވަނަ ސެޓް 25-13 އިން އެންވީކޭ ގެންދިޔައިރު ފަހުސެޓް އެޓީމުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 15-12 އިންނެވެ. 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭ ޓީމްގެ ޖާޒީ ނަންވަރު 5، އިބްރާހިމް ފަޒީލް އެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވިފައިވަނީ، ޔުނައިޓެޑް ޔޫތްއެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭ ޓީމްގެ ޖާޒީ ނަންބަރު 7 މާލިކް އައްސަދުއެވެ. 

މުބާރާތުގެ އެންމެމޮޅު ލިބަރޯ ކުޅުންތެރިޔަށް ހޮވުނީ ޖަންގަލް ޓީމްގެ އަހްމަދު އަލްހާންއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަށް ހޮވުނީ އެންވީކޭ ޓީމްގެ ކޯޗް މުހައްމަދު މިހްފާޒްއެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން: 
ޖަންގަލް ޓީމްގެ ޝަމާއިލް ހުސައިން 
އެންވީކޭ ޓީމްގެ ބިލާލް އައްސަދު 
އެންވީކޭ ޓީމްގެ އިބްރާހިމް ފަޒީލް 
ޔުނައިޓެޑް ޔޫތް ޓީމްގެ ހަސަން ނިލާމް
ޖަންގަލް ޓީމްގެ އަހްމަދު ނާފިއު 
ޖަންގަލް ޓީމްގެ ހުސައިން ޝާހިދު

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ، އެންވީކޭ ޓީމްގެ ބިލާލް އައްސަދުއެވެ. 

މިމުބާރާތުގެ ޗެމްޕިއަން އެންވީކޭ އަށް 30،000ރ ފައިސާގެ އިނާމު ދީފައިވާއިރު ރަނަރަޕް ޖަންގަލް ޓީމަށްވަނީ 10،000ރ ގެ ފައިސާގެ އިނާމު ދީފައެވެ. 

 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް