ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން ފަދަ ކަންކަން މަނާކުރުމަކީ ކުރެވިގެންވާނޭ ކަމެއްނޫން ކަމަށާ މިފަދަ ކަންތައްތަކަކީ ހުޅަގުގެ ޤައުމުތަށް ރުއްސުމަށް ދައްކާ ވާހަކަތަކެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޓީޗަރުން ކިޔަވައިދޭ ވަގުތުތަކުގައި މޫނު ފެންނަ ގޮތަށް ތިބެން ޖެހޭ ގޮތަށް އެކުލަވާލާފައިވާ ގަވާއިދަށް ގިނަ ބަޔެއްގެ ފާޑުކިއުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައި އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޫނުބުރުގާ އަޅައިގެން ސްކޫލް ތަކުގައި ކިޔަވާދިނުމާ ދެކޮޅަށް މި ސަރުކާރާ ކުރީ ސަރުކާރުން ދައްކަނީ ދެކޮޅު ނުޖެއްސޭ ބަހަނާ ތަކެއްކަމަށެވެ.
“މާސްކްއަޅައިގެން ކިޔަވާދިނުމާ، މޫނުބުރުގާ އަޅައިގެން ކިޔަވާދިނުމާ ހުރީކޮންތަފާތެއްތޯއެވެ؟ ދުނިޔޭގެ އެންމެން ކަހަލަގޮތަކަށް ފޭސް މާސްކް އަޅައިގެން އުޅޭތާ 2 އަހަރުވެފައިވާއިރު، ދުނިޔޭގެ އެއްވެސް ޤައުމަކުން، މޫނުބުރުގާ އާއި ދެކޮޅަށް ދެން ދައްކަންއޮތީ ކޮން ހުއްޖަތެއްތޯ އެވެ؟” އުމަރު ނަސީރުގެ ޕޯސްޓުގައި ސުވާލުކުރައްވާފައި ވެއެވެ.