ފެނަކަ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ޙުސައިން ރަޝީދު އަށް ހަދިޔާކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ނަސްފަރު ޙުސައިން ރަޝީދުގެ ކިޑްނީ ބަދަލުކުރުމަށް އެހީތެރިވުމުގެ ގޮތުން، ފެނަކަ އިހަވަންދޫ ބްރާންޗްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާކޮށްފިއެވެ.

މިގޮތުން އެ ބްރާންޗްގެ މުވައްޒަފުން ވަނީ އެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރައިގެ އިތުރުންވެސް އިހްސާންތެރިކަމުގެ ގޮތުން އިތުރު ފައިސާވެސް ހުސައިން ރަޝީދުބެއަށް ހަދިޔާކޮށްފައެވެ. އަދި އެފައިސާ ރޭ ވަނީ އެ ބްރާންޗްގެ މުވައްޒަފުންގެ ފަރާތުން، ހުސައިން ރަޝީދުބެ ޢާއިލާއާއި ހަވާލުކޮށްފައެވެ.

އެކަމާއިގުޅިގެން ފެނަކަ އިހަވަންދޫ ބްރާންޗުން ބުނީ، ހުސައިން ރަޝީދުބެގެ ބޭސްފަރުވާއަށް، ކިޑްނީ ބަދަލުކުރުމަށް އެހީތެރިވުމުގެ ގޮތުން ފެނަކަ އިހަވަންދޫ ބްރާންޗްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ދެއްވާ އެހީ، ކޮންމެ މުވައްޒަފެއްގެ 1 ދުވަހުގެ މުސާރަ އަދި ބައެއް މުވައްޒަފުންގެ އިހްސާންތެރިކަމުން އިތުރަށް ދެއްވި ފައިސާ މިރޭ ހަވާލު ކުރެވިފައިވާ ކަމަށެވެ.