އިހަވަންދޫ ވަގުތީ ކުނިކޮށި ގާއިމުކުރުމުގެ މަސައްކަތް، ފެނައާރު އިންވެސްޓްމަންޓާއި އިހަވަންދޫ ކައުންސިލުން ހަވާލުކުރީ 145،454 (އެއްލައްކަ ސާޅީސް ފަސްހާސް، ހަތަރުސަތޭކަ ފަންސާސް ހަތަރެއް) ރުފިޔާއަށްކަން އިހަވަންދޫ ކައުންސިލުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެމަސައްކަތް 30 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާއިރު، އެމަސައްކަތުގެ ދަށުން ވަގުތީ ކުނިކޮށި ގާއިމުކުރުމަށް ބޭނުންވާ ފެންސްޖެހުމާއެކު ސެކިއުރިޓީ ހަޓެއް އަޅައިދިނުމުގެ މަސައްކަތް ކުރާނެއެވެ.
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނިކޮށްޓެއް ހަދަމުން ދާއިރު، ވަގުތީ ކުނިކޮށްޓާއި ޖެހިގެން ވެމްކޯއިންވެސްދަނީ ވޭސްޓް އެންޑް ރިސޯސް މެނޭޖްކުރާ ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމެންޓް އިން ވެމްކޯ އާއި ހަވާލުކޮށްގެން ކުރާ މަސައްކަތެކެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް