ޚަބަރު

އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...

އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...

މައިޒާން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއެކުރަނީ. ފޮޓޯ: އިހަވަންދޫ ކައުންސިލް

Advertisement Advertisement

ހއ. އިހަވަންދޫ އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފިއެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

އެމަސައްކަތް 'މެކްސްއެމް' އާއި ހަވާލުކުރީ 199،800ރ ގެ އަގަކަށް 45 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާގޮތަށެވެ. އެމައިޒާން ތަރައްޤީކުރަނީ، އޯޕަން ސްޓޭޖްގެ ހުޅަނގު ދެކުނު ކަންމަތީގައެވެ. ކައުންސިލުން އެމައިޒާން ތަރައްޤީކުރަނީ، އާމުން ހިންހަމަ ޖައްސައިލުމަށާއި، އިޖުތިމާޢީ ބައްދަލުވުންތަކަށާއި، އަދި އާއިލާ ތަކާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމުގެ މަޤްސަދުގައެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، އެ މައިޒާން ތަރައްޤީކުރުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދަކީ ހިއްޤައިމު، ތިމާވެއްޓާއި ރައްޓެހި އަދި އެކި އުމުރުފުރައިގެ މީހުންނަށް ބޭނުންކުރެވޭނެފަދަ އިންތިޒާމްތަކެއް ހަމަޖެހިފައިވާ އަމާން ތަނަކަށް ހެދުމެވެ. އެގޮތުން، ދިވެހި ސަގާފީ ސިފަތަކާއި ޒަމާނީ ފުރިހަމަކަން އެކުލެވޭގޮތަށް ތައްޔާރުކުރެވޭ ހަޓަކާއި، ފޮތްކިޔުމާއި ރާޒުވާފަދަ ފިކުރީ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް އެމައިޒާނުގައި ގާއިމުކުރާނެއެވެ. 

އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފައިވަނީ، މިދިޔަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ބޭއްވި، އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާގައެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް