Banner Image Description

އެއްގަމު ލައިސަންސް ޓްރެކް ހަދާނެ ބަޔަކު ހޯދަނީ

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫގައި އެއްގަމު ލައިސަންސް ޓްރެކެއް ހެދުމަށްނިއްމައި ލައިސަންސް ޓްރެކް ހަދާނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި މިއަދު އިޢުލާނުކޮށްފައިވަނީ އެއްގަމު ލައިސަންސް ޓްރެކްގެ މަސައްކަތް ކޮއްދެއްވުމަށް ޝައުޤުވެރިވާ ފާރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 06 ފެބުރުވަރީ 2022 ވާ އާދިއްތަ ދުވަހުގެ 13:15 ގައި އިހަވަންދޫ ކައުންސިލް އިދާރާގައި ކަމަށެވެ.

އަދި މަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅާނީ 14 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުގެ 13:15 އަށް ކަމަށް ކައުންސިލުން ބުނެފައި ވެއެވެ. މިމަސައްކަތުގެ މައުލޫމާތު ސާފުކޮށް މަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދެމުން ދަނީ އޮޓޯސޭވް ޕްރޮޑަކްޝަން (އޭ.އެސް.ޕީ) ސްޓޫޑިއޯއިންނެވެ. ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތުގެ ތެރެއިން ރަސްމީ ފާލަން، ލޯކަލް މާރުކޭޓް، މަސް މާރުކޭޓް، އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް، ބަނދަރުގެ މަގުތައް ޑިޒައިން ކުރާނެގޮތް އަދި ބަނދަރު ފެހިކުރުމަށް ގަސް އިންދުން ފަދަ ކަންކަންވެސް އެ ސްޓޫޑިއޯއިން ކުރާ ޑިޒައިންގެ މަސައްކަތުގެ ތެރޭގައި ފުރިހަމަކުރާނެއެވެ.

ރަށުގެ ބަނދަރުމަތި ޑިޒައިން ކުރުމުގައި ހިމެނޭ ލައިސަންސް ޓްރެކް ޑިޒައިން މަސައްކަތް ނިންމާ  އޭ.އެސް.ޕީ ސުޓޫ ޑިއޯއިން އިހަވަންދޫ ކައުންސިލާ ހަވާލުކޮށްފައި ވަނީ މިހިނގާ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ.