ރައްޔިތު ބައްދަލުވުން ލައިވްކުރާނެ

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމަށް މިރޭ ބާއްވާ ބައްދަލުވުން ލައިވް ކުރާނެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް މައުލޫމޫތު ދެއްވި ގޮތުގައި މިރޭގެ ބައްދަލުވުން ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވް ކުރާނެއެވެ. މިބައްދަލުވުން އޮންނާނީ މިރޭ 20:30 ހުގައި އިހަވަންދޫ ކައުންސިލް އިދާރާގައެވެ.

މިބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކައުންސިލުން އެދިލައްވައެވެ. މިރޭގެ ބައްދަލުވުން، ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖްގެ އިތުރުން އިހަވަންދޫ.ކޮމްގެ ފޭސްބުކް ޕޭޖުންނާއި ޔޫޓިބް ޗެނަލުންވެސް ލައިވްކުރާނެއެވެ.