Banner Image Description

ޔުނިޓީ އާއި އައި.ޑަބްލިޔު.ސީ ގުޅިގެން ބެނާތަކެއް ހަދިޔާކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ހަރަކާތްތެރިވާ އެންޖީއޯތަކުގެ ތެރެއިން ޔުނިޓީއާއި، އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުޅިގެން އިހަވަންދީގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށް ދީނީ ޝިޔާރު ހިމެނޭ ބެނާތަކެއް ހަދިޔާކޮށްފިއެވެ. މިބެނާތައް އިހަވަންދޫ ކައުންސިލާއި ހަވާލުކޮށްފައިވަނީ މިދިޔަ ހުކުރުދުވަހު ކައުންސިލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.

މި ދެ ޖަމިއްޔާ ގުޅިގެން “ދަރެސް ގާހުން” ގެ ނަމުގައި ދަނީ ޕްރޮގްރާމެއް ހިންގަމުންނެވެ. އެ ޕްރޮގްރާމްގެ މަޤްސަދަކީ އިހަވަންދޫގައި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ. އެގޮތުން މިހާރުވެސް ކޮންމެ ހަފްތާއަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ދިނީ ތަފާތު މަސެޖްތައްދަނީ ގެނެސްދެމުންނެވެ. އިހަވަންދޫ ވިމެންސް ކޮމިޔުނިޓީގެ ވަގުތީ ރައީސަ ޝާއިރާ އަދި ޔުނިޓީގެ ރައީސް ހުސައިން ރީހާން މިނޫހަށް މައުލޫމާތު ދެއްވިގޮތުގައި “ދަރެސް ގާހުން” ޕްރޮގްރާމްގެ ދަށުން ދެ ޖަމިއްޔާ ގުޅިގެން ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތް އިވެންޓްތައް ކުރިޔަށްގެންދާނެއެވެ.