Banner Image Description

ކައުންސިލް ރޭންކިންގ 2020: ހއ. އަތޮޅުން އެއްވަނަ ތުރާކުނަށް، އިހަވަންދޫ އަށް 8 ވަނަ

ޢަބުދުﷲ ޙަމީދު

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2020 ވަނަ އަހަރުގެ ނަތީޖާއިން ހއ. އަތޮޅުން އެންމެ މަތީ މާކްސްއެއް ހޯދި ކައުންސިލަކަށް މިއަހަރުވެސް ތުރާކުނު ކައުންސިލް ހޮވިއްޖެއެވެ.

ހއ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު ކައުންސިލް ހޮވިފައިވާއިރު ތުރާކުނު ކައުންސިލް ހޮވިފައިވަނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 3 ވަނަ ކައުންސިލަށެވެ.

2020 ވަނަ އަހަރު މުޅި ރާއްޖޭން 3 ވަނަ ކައުންސިލެއް ގޮތުގައި ހޮވިފައިވުމުން، ތުރާކުނު ކައުންސިލަށް ވަނީ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް އިން ވަނަތައް ހާސިލްކޮށްފައިވާ ރަށު ކައުންސިލަށް އެރުވޭ “ރަނަހަމާންތި ދަރަޖަ” ވެސް ލިބިފައެވެ.

ލޯކަލް ޕާރފޯމަންސް އިންޑެކްސްގެ ނަތީޖާއިން ހއ. އަތޮޅުން  2019 ގައި ހއ. އިހަވަންދޫ އަށް 12 ލިބިފައި ވަނީ 12 ވަނަ އެވެ. 2020 ވަނަ އަހަރު އިހަވަންދޫ ކައުންސިލަށް ލިބިފައިވަނީ 8 ވަނަ އެވެ.

ލޯކަލް ޕާރފޯމަންސް އިންޑެކްސް އަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް  2015 ވަނަ އަހަރު އިފްތިތާޙު ކޮށްފައިވާ ހާއްސަ އިންޑެކްސެކެވެ. އެގޮތުން، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕަރފޯމަންސް މޮނިޓަރކޮށް ރޭންކް ކުރެވެމުންދެއެވެ.

2020 ވަނަ އަހަރު ހއ. އަތޮޅުގެ ރޭންކިން

  1. ތުރާކުނު ކައުންސިލް
  2. އުތީމު ކައުންސިލް
  3. މޮޅަދޫ ކައުންސިލް
  4. ހޯރަފުށީ ކައުންސިލް
  5. ކެލާ ކައުންސިލް
  6. ދިއްދޫ ކައުންސިލް
  7. އުލިގަމު ކައުންސިލް
  8. އިހަވަންދޫ ކައުންސިލް
  9. މުރައިދޫ ކައުންސިލް
  10. މާރަންދޫ ކައުންސިލް
  11. ބާރަށު ކައުންސިލް
  12. ތަކަންދޫ ކައުންސިލް
  13. ވަށަފަރު ކައުންސިލް
  14. ފިއްލަދޫ ކައުންސިލް

އެންމެ ރަނގަޅު މަސައްކަތެއްކޮށް، ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސްގެ އެންމެ މަތިން މާކްސް ހޯދައިގެން 2019ވަނަ އަހަރުގެ ކައުންސިލް އެވޯޑް “ރަނަހަމާންތި” ނިލަންދިއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް، އަދި 2020ވަނަ އަހަރުގެ “ރަނަހަމާންތި” އެވޯޑް އަރިއަތޮޅު އުތުރުބުރީ ބޮޑު ފޮޅަދޫ ކައުންސިލުން ވަނީ ޙާސިލްކޮށްފައެވެ.