"ޔެލޯ ޓްރެޕްސް" ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރަން ހުޅުވާލައިފި

މުޙައްމަދު އަކުރަމް

ކޫޑި ފަދަ ސޫފާސޫފި ހިފަން ބޭނުންކުރާ “ޔެލޯ ޓްރެޕްސް” ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި، އެކައުންސިލުން ބަހަން ނިންމާފައިވާ “ޔެލޯ ސްޓިކީ ޓްރެޕްސް” އަކީ އިހަވަންދޫގެ ގަސްތަކުގައި އާދަޔާހިލާފަށް ކޫޑި އަޅާފައިވާތީ އެކައުންސިލްގެ އެދިލެއްވުމުގެމަތިން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހަދިޔާކޮށްފައިވާ ތަކެއްޗެވެ. “ޔެލޯ ޓްރެޕްސް” ބޭނުންވާ ގެތަކުން އިހަވަންދޫ ކައުންސިލްގެ ނަންބަރު 6500013 އަށް 10 މާރިޗްވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ގުޅައި ނަންނޯޓްކުރުމަށް އިހަވަންދޫ ކައުންސިލުން އެދިލައްވައެވެ.

“ޔެލޯ ސްޓިކީ ޓްރެޕްސް” އަކީ ކޫޑިފަދަ ގަސްގަހަށް ގެއްލުންދޭ ސޫފާސޫފި ހިފަން ބޭނުންކުރާ އެއްޗެކެވެ.