Banner Image Description

ކޭއާރުއެޗް އިން އެޕޮއިންޓްމަންޓް ހެއްދުމަށް މޯބައިލް އެޕެއް ތައްޔާރު ކުރަނީ

ޢަބުދުﷲ ޙަމީދު

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިން އެޕޮއިންޓްމަންޓް ހެއްދުން ފަސޭހަކުރުމަށް މޯބައިލް އެޕެއް ލޯންޗުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ކޭއާރުއެޗްގެ އެކިޑިޕާޓުމަންޓުތަކުގެ ޑޮކްޓަރުންނަށް އެހޮސްޕިޓަލްގެ ވެބުސައިޓު މެދުވެރިކޮށް މިހާރުވެސް އެޕޮއިންޓުމަންޓު ހެއްދޭއިރު، ހޮސްޕިޓަލުން ބުނެފައި ވަނީ ހޮސްޕިޓަލްގެ އެޕޮއިންޓްމަންޓް ހެއްދުމުގެ ސިސްޓަމްއަށް ލުއިފަސޭހަކަން ގެނައުމަށްޓަކައި ވެބްސައިޓްގެ ޔޫސަރ އިންޓަފޭސް ރަގަޅުކޮށް، މޯބައިލް އެޕެއް ލޯންޗުކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ.

މީގެ އިތުރުން އެޕޮއިންޓްމަންޓަށް ހުޅުވާލާ ގަޑީގައި ކޯލްތަކަށް ޖަވާބު ދިނުމަށް ބެކް އޮފީހެއް ޤާއިމު ކުރެވި ޕީކް ގަޑީގައި ފޯނަށް ޖަވާބު ދޭ މުވައްޒަފުންގެ އަދަދު އިތުރުކޮށްފައިވާނެ ކަމަށްވެސް އެހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ވެބުސައިޓު މެދުވެރިކޮށް އެޕޮއިންޓުމަންޓު ހެއްދެވުމަށް

www.krh.gov.mv