94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި

މުޙައްމަދު އަކުރަމް

94 ދުވަސް ފަހުން ކޮވިޑް 19 ފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފިއެވެ. ފްލޫ ކޭސްއެއް ކޮވިޑް 19 އަށް ފައްސިވެ ރަށުތޭރޭގައި ބަލި ފެތުރެމުން ދަތީ އިހަވަންދޫ މޮނިޓަރިނގް ހާލަތަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

މިފަހަރުގެ އައުޓް ބްރޭކް ކޮންޓްރޯލް ކުރެވުނުއިރު އިހަވަންދޫ އިން ވަނީ 871 މީހަކު ކޮވިޑް 19 އަށް ފައްސިވެފައެވެ. ކޮވިޑް ބަލި ފެތުރޭ ރަށްތަކުގެ ލިސްޓަގައި މިހާރުއޮތީ 4 ރަށެކެވެ. އެއީ ހދ. ހަނިމާދޫ، ހއ. ހޯރަފުށި، ށ. ކަނޑިތީމް އަދި ށ. ނޫމަރާއެވެ.