މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ އިވެންޓް އޮންނާނީ ހުރަވީ ދަނޑުގައި

މުޙައްމަދު އަކުރަމް

މިއަންޒް އިންޓަނޭޝަނަލް (އެމްއައި) ކޮލެޖުން އެޑިއުކޭޝަން ފެއާއަކާއިއެކު މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އިމަގު ޖަމިއްޔާ އަދި އިހަވަންދޫ ކައުންސިލާއި ގުޅިގެން މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓް ބާއްވާތަން މޫސުން ގޯސްވުމުގެ ސަބަބުން ބަދަލުކޮށްފިއެވެ. އެގޮތުން ކުރިން އިހަވަންދޫ ޕޮލިސްޓޭޝަނާ ދިމާ ބަނދަރުމަތީ ބޭއްވުމަށް ހަމަޖެއްސި މިއިވެންޓް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ހުރަވީ ދަނޑުގައެވެ.

މިއަދުގެ އިވެންޓްގައި މައިކޮލެޖްގެ ކޯސްތަކާއި ބެހޭގޮތުން މައުލޫމާތު ދޭއިރު ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި މީގެއިތުރުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އިހަވަންދޫގެ އެކި މުއައްސަސާތަކާއި ގުޅިގެން ހިންގާ ހަރަކާތުގައި ތަފާތު ކުޅިވަރުތަކާއިއެކު އެކި ކަހަލަ އިނާމްތައްލިބޭ ސްޓޯލްތައް ހުންނާނެއެވެ. މިއަދުގެ ފެއާގައި ބައިވެރިވެ އެޕްލިކޭޝަން ހުށަހަޅާ ކުދިންގެ ތެރެއިން ގުރުއަތުންހޮވޭ 5 ކުއްޖަކަށް ޓެބްލެޓެއް ލިބިގެންދާނެއެވެ.