Banner Image Description

މޮޅަދޫ އަދި މާރަންދޫ ސްކޫލްގައި ކްލާސް ރޫމްތަކެއް އަޅަން ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

މޮޅަދޫ ސްކޫލް އަދި މާރަންދޫ ސްކޫލްގައި އިމާރާތްތަކެއް އަޅަން ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކުރީ އެކަމަށްޓަކައި މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މާރަންދޫ ސްކޫލްގައި 2 ފަންގިފިލާގެ އިމާރާތެއް ހަދަން ހަވާލުކުރީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ. 7،939،576.01ރ ގެ އަގަކަށް ހަވާލުކުރި މިމަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ 4،779،049.14ރ އަށެވެ. މިމަސައްކަތް 118 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މޮޅަދޫ ސްކޫލުގައި 53 ދަރިވަރަކު ތައުލީމް ހާސިލްކުރަމުން ދާއިރު މާރަންދޫ ސްކޫލުގައި

183 ދަރިވަރަކު ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.