ދެންއޮންނަ މަޖްލިސް ޕްރައިމެރީއަކު ވާދަކުރާނަން – ހާޝިމް

މުޙައްމަދު އަކުރަމް

2024 ވަނަ އަހަރު އޮންނަ ރައްޔިތުން މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމެރީގައި ވާދަކުރާނެކަން ހާޝިމް މުހައްމަދު އިއުލާނުކޮށްފިއެވެ.

ހާޝިމް ވިދާޅުވީ މަޖިލީހަށް ކުރިމަތިލައްވަނީ ވަރަށްގިނަބައެއްގެ އެދުމާއި އަދި އަމިއްލަ ވިސްނުމުންވެސް މިހާރު މިރަށުގެ ސިޔާސީ މައިދާނަށް ބަދަލެއް އަންނަންޖެހޭކަމަށް ދެކޭތީކަމުގައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި އެމްޑީޕީ ޓިކެޓް ބޭނުންވަނީ ކީއްވެތޯ ސުވާލުކުރުމުން އެބޭފުޅާ ވިދާޅުވީ، އެއީ އެމްޑީޕީގެ ފަލްސަފާވެރިކަމާއި ވިސްނުން ކަމުދާތީކަމަށާއި އަދި ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދެވޭނެބަޔަކީ އެއީކަމަށް ދެކޭކަމަށާއި، ގާނޫނުތައް ހެދުމުގައިވެސް އެޕާޓީގެ ވިސްނުމަކީ އާއްމު ރައްޔިތުންގެ ވިސްނުންކަމަށްވާތީކަމުގައެވެ. ހާޝިމް ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބަކީ ފަސޭހަ އިންތިހާބަކަށް ނުވާނެކަމަށާއި، ރައްޔިތުންގެ ވިންދާއި އިހްސާސްތަކާއި އެއްގޮތަށް ސިޔާސީ އެއްމެހާ މަސައްކަތްތައް ބައްޓަންކޮށް ރަށުގެ ތަރައްގީ މެކުހަށް ޖެހުމަށް އެބޭފުޅާ އަމާޒް ހިފާފައިވަނީ ވަކި ފިކުރެއް ތަފާތު ނުކޮށްކަމުގައެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކޮށްފައިވާ ހާޝިމް މުހައްމަދަކީ އެމްޑީޕީގެ ހަރަކާތްތަކުގެ ކުރީ ސަފުން ފެންނަ މޫނެކެވެ. ޖަލްސާތަކާއި، ކެމްޕޭންތަކުގައިވެސް ކުރިއްސުރެ ހަރަކާތްތެރިވަމުންއަންނަ ބޭފުޅެކެވެ.