އިހަވަންދޫ ޓީމްގެ ޖާޒީ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި، ބައިވެރިވާ އިހަވަންދޫ ޓީމް މުބާރުތުގައި ބޭނުންކުރުމަށް  ހަމަޖެހިފައިވާ ޖާރޒީއަށް އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވައިލާފިއެވެ.

ކްލަބް ޕޯލްސްޓާއިން، އެފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހާއި ހަމަޔަށެވެ.ބޮޑެތި މީހުންގެ އަތްދިގު އަދި އަތްކުރު ޖާޒީވެސް 200ރ އަށް  ވިއްކާއިރު ޑަކުދިންގެ އަތްދިގު އަދި އަތްކުރު ޖާޒީ ވިއްކަނީ 190ރ އަށެވެ. ޖާޒީ ގަންނަން ބޭޏުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ގޫގަލް ފޯމެއް ފުރައިގެ ޖާޒީއަށް އޯޑަރު ކުރެވޭނެ އިންތިޒާމް ކްލަބް ޕޯލްސްޓަރ އިން ވަނީ ހަމަޖައްސާފައެވެ.
https://forms.gle/W9t4nnsNdSL7JJbx7

އެފްއޭ މޯލްޑިވެސް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދޫފުއްޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރޫޕްގެ އޭ ގެ މެޗްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައެވެ. ކޮންމެ ގްރޫޕެއްވެސް 2 ރައުންޑް ކުޅުމަށް ހަމަޖެހިފައިވާއިރު ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެއް ދެވަނަ ރައުންޑަށް ދަތުރުކުރާނެއެވެ.