އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް އެއްވަރުވެއްޖެ

މުޙައްމަދު އަކުރަމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗްގައި މިއަދު ދިއްދޫއާ ވާދަކޮށް އެއްވަރުވެއްޖެއެވެ.

މިއަދު ހަވީރު ދިއްދޫގައި ކުޅުނު މިމެޗް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހާ ކުރިހޯދީ އިހަވަންދޫ ޓީމުންނެވެ. މި ގޯލް އެޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ 16 ވަނަ މިނެޓްގައެވެ. ދިއްދޫ ޓީމުން އެއްވަރުކުރީ މެޗް ނިމެން ދަނިކޮށް ފަހު ހާފުގެ 42 ވަނަ މިނެޓްގައެވެ.

މިމުބާރާތުގައި އިހަވަންދޫ ދެން ނުކުންނާނީ ކުޅުދޫފުއްޓާ ދެކޮޅަށެވެ. އެމެޗްކުޅޭނީ މިމަހުގެ 20 ވާ ހޯމަދުވަހު ހަވީރު 16:00 ގައި ދިއްދޫ ދަނޑުގައެވެ. އެފްއޭ މޯލްޑިވެސް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދޫފުއްޓެވެ. ގްރޫޕްގެ އޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައެވެ. ދެރައުންޑަށްކުޅޭ ގްރޫޕް ސްޓޭޖް މެޗްތައް ކުޅެ ނިމޭނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.