ސީޓީއެމްއިން އިހަވަންދޫގައި ދިވެހިބޭހުގެ ކޭމްޕެއް ބާއްވަނީ

މުޙައްމަދު އަކުރަމް

ސެންޓަރ ޕޯ ޓްރެޑިޝަނަލް މެޑިސިން (ސީޓީއެމް) އިން ހއ. އިހަވަންދޫގައި ދިވެހިބޭހުގެ މުޑިކަލް ކޭމްޕެއް ބާއްވާކަން ހަމާކޮށްފިއެވެ. ސީޓީއެމްއިން މައުލޫމާތު ދެއްވި ގޮތުގައި މިކޭމްޕް އޮންނާނީ މިހިނގާ ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖުލައި ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިންގާ ކޭމްޕެއްކަމަށް ސީޓީއެމްއިން ބުނެއެވެ.

ސީނިއަރ ޓްރެޑިޝަނަލް އެންޑް ކޮމްޕްލިމެޓްރީ މެޑިސިން ޕްރެކްޓިޝަނަރ މުހައްމަދު އަހްމަދު ލީޑްކުރާ މިކޭމްޕް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫ “ވެލީ” ގޭގައެވެ. މި ކޭމްޕްގައި ބައިވެރިވެ އެޕޮއިންޓްމެންޓް ހެދުމަށް ގުޅާނެ ނަމްބަރަކީ 3321170 ނުވަތަ 9751170 އަށްކަމަށް ސީޓީއެމްއިން މައުލޫމާތު ދެއެވެ. ސީޓީއެމްއިން މައުލޫމާތު ދިންގޮތުގައި މީގެ ކުރިންވެސް އެ ކްލިނިކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ 15 ކޭމްޕް ވަނީ ބާއްވާފައެވެ. އަދި މި ފަހަރުގެ ކޭމްޕްގައި ބޭސްފަރުވާގެ ހިދުމަތްތަކުން %10 އާއި %50 އާ ދެމެދުގެ ޑިސްކައުންޓްވެސް ލިބޭނެކަމަށް ސީޓީއެމްއިން މައުލޫމާތުދެއެވެ.