ޕީޕީއެމް އަށް ނިސްބަތްވާ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ކައުންސިލަށް ފާޑުކިޔަނީ
ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ މުނިސިޕަލް މަސައްކަތަށް ނަގާފައިވާ ދެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން މީސްމީޑިއާގައި އިހަވަންދޫކައުންސިލަށް ވަރަށްބޮޑަށް ފާޑުކިޔުންތައް އިތުރުވެއްޖެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ކައުންސިލުން ވަޒީފާއިން ވަކިކޮށްފައި ވަނީ އެކައުންސިލްގެ މުނިސިޕަލް ސަރވިސް ސެކްޝަންގައި މަސައްކަތް ކުރައްވާ ހއ. އިހަވަންދޫ ބިޖިލީގެ، މުޙައްމަދު ރިޝްފާން، އަދި ހއ. އިހަވަންދޫ މީނާޒް، މުޙައްމަދު އަމީން އެވެ.
މުޙައްމަދު އަމީން، އެބޭފުޅާގެ ފޭސްބުކު އެކައުންޓުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ " ވަޒީފާއިން ވަކިކުރުމުގެ ކުރިން ނަސޭހަތްތެރިވުން ލިއުމުން ނަސޭހަތްތެރިވުން، މީގެން އެއްވެސްކަމެއް ފުރިހަމަނުކޮއް ވަޒީފާއިން ވަކިކުރިކަމުގެ ލިއުން ދިނުމަކީ އެއްގޮތަކައްވެސް ބަލާގަނެވޭނެކަމެއްނޫން" ކަމަށެވެ. އަދި އެބޭފުޅާ ވަޒީފާން ވަކިކުރިކަމުގެ ލިޔުން ފޭސްބުކުގައި ހިއްސާކުރައްވަމުން އަމީން ބުނެފައިވަނީ ވަޒީފާން ވަކިކުރިކަމުގެ ޗިޓުގައި މިހުރީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށެވެ. އެބޭފުޅާގެ އިހުމާލުން ގެއްލުމެއް ލިބިފައިވާނަމަ ޖެހޭނީ ބަދަލު ނަގަން ކަން ފާހަގަކޮށް،އިތުރަށް ބުނެފައި ވަނީ މީހުންގެ ބޮލުގައި މިވަރުގެ ބޮޑެތި ތުހުމަތު އެޅުވުމުގެ ކުރިން ދުވަހެއް އެބައޮތްކަން ވިސްނަން ވާނެ ކަމަށެވެ.
މުނިސިޕަލް މަސައްކަތުގެ ކުނިއުކުމުގެ ވަޒީފާގައި ހަރަކާތްތެރިވާ ޑުރައިވަރުކަން ކުރައްވާ އަމީން ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމުގައި ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ލިޔެފައި ވަނީ ކުނިނެގުމުގެ ހިދުމަތް ލަސްވެ ކަސްޓަމަރުންގެ ޝަކުވާލިބުމާ، ކުނި ނުނެގުމުގެ ސަބަބުން ހިދުމަތަށް ރެޖިސްޓުރީވެފައިވާ ބައެއް ގެތަކުން ރެޖިސްޓުރޭޝަން އުވާލުމާއި ޑުރައިވަރުގެ އިހުމާލުން ޕިކަޕަށް ގެއްލުން ލިބުމާއި ދެވިފައިވާ އިރުޝާދާ އެއްގޮތަށް މަސައްކަތުގެ މާހައުލުގައި އަމަލުކުރަމުން ނުދިޔުން ކަމުގައެވެ.
ދެވަނައަށް ވަޒީފާއިން ވަކިކޮށްފައިވާ މުޙައްމަދު ރިޝްފާން އަކީ މުނިސިޕަލް މަސައްކަތުގެ ކުނިނެގުމުގައި މަސައްކަތު މީހެއްގެ ވަޒީފާގައި ހުންނެވި ފަރާތެކެވެ. އެބޭފުޅާ ވަޒީފާއިން ވަކިކޮށް ދީފައިވާ ޗިޓުގައިވެސް ވަނީ މަސައްކަތަށް ފަރުވާކުޑަކުރުމާއި މަސައްކަތަށް ހާޒިރު ނުވުމުގެ އިތުރުން ކުނިނެގުމުގެ ހިދުމަތް ލަސްވެ ކަސްޓަމަރުންގެ ޝަކުވާލިބުމާ، ކުނި ނުނެގުމުގެ ސަބަބުން ހިދުމަތަށް ރެޖިސްޓުރީވެފައިވާ ބައެއް ގެތަކުން ރެޖިސްޓުރޭޝަން އުވާލުން ފަދަ ކަންކަމެވެ.
މުޙައްމަދު ރިޝްފާނަކީ ނިމިދިޔަ ލޯކަލް ކައުންސިލްތަކގެ އިންތިހާބުގައި އިހަވަންދޫގެ ކައުންސިލްގެ ގޮނޑިއެއް ކަށަވަރުކުރައްވާފައިވާ ފާތިމަތު ޝަނީޒާގެ ފިރިކަލުންނެވެ. މުޙައްމަދު އަމީން އަކީ ޕީޕީއެމް އިހަވަންދޫ ސްޓިއަރިންގ ކޮމެޓީގެ ޒުވާން މެމްބަރގެ މަގާމަށް ވާދަކުރައްވާފައިވާ އަދި ނިމިދިޔަ ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ތާއިދު ހޯދުމަށް ބޭއްވި ހަރަކާތްތަކުން ފެނިގެން ގޮސްފައިވާ ބޭފުޅެކެވެ.
ސިޔާސީގޮތުން ހިޔާލުތަފާތުވެގެން ވަޒީފާއިން ވަކިނުކުރާނެ ކަމަށް ބުނި ސަރުކާރުން ރައްޔިތުމީހާ ވަޒީފާއިން ކަނޑާލާ ބިކަކުރާ މަންޒަރު ފެންނަ ކަމަށްބުނެ ކައުންސިލަށް ފާޑުކިޔުންތައް އިތުރުވެފައިވާ މިދަނޑިވަޅުގައި މިކަމާގުޅިގެން ސުވާލުކުރެއްވުމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، ކައުންސިލުގެ ވަޒީފާއިން ވަކިކުރި ދެމުވައްޒަފުން ވަޒީފާއިން ވަކިކުރި ސަބަބު، މައިގަނޑު ގޮތެއްގައި ޗިޓުގައި ބަޔާންކޮށްފައި އެވަނީ ކަމަށެވެ. ވަޒީފާއިން ވަކިކުރުމުގައި ސިޔާސީ ގޮތުން ވަކިމީހަކަށް ވާތީ އެކަން ކޮށްފައިނުވާނެކަމަށް ވިދާޅުވެ، ކައުންސިލްގެ މުނިސިޕަލް މަސައްކަތުގައި ސިޔާސީގޮތުން ފިކުރު ތަފާތު މުވައްޒަފުން މިހާރުވެސް އެބަތިބިކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ. ކައުންސިލުން މިފަދަ ކަމެއް ނިންމާއިރު ވަޒީފާގެ ގާނޫނު ތަކަށް ރިއާޔަތްކުރާނެކަން ފާހަގަކުރައްވާ ރަޝީދު ވަނީ މިއީ އިންތިހާބާ ގުޅިގެން ނުވަތަ ވަކިމީހަކަށް އެޅިފިޔަވަޅެއް ނޫންކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް މިމުވައްޒަފުންނާމެދު ލިބެމުން އަންނަ ޝަކުވާތަށް ކައުންސިލްގެ މެމްބަރުންގެ މެދުގައި ވާހަކަދެކެވި މަޝްވަރާ ކުރެވިފައި ވާނެކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި މިނިންމުމަކީ ކުރެވުނު މަޝްވަރާގެ މަތިން ނިންމިފައިވާ ނިންމުމެއް ކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ. އެ މުވައްޒަފުންނާމެދު އެކިއެކި މައްސަލަތައް ތަކުރާރުކޮށް ލިބެމުންދިއުމާ ގުޅިގެން މުވައްޒަފުންނަށް ތަކުރާރުކޮށް ނަސޭހަތްދީފައި ވާނޭކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.
"ވަޒީފާ ދިނުމާ ވަޒީފާއިން ވަކިކުރުމަކީ ކައުންސިލްގެ ބައްދަލުވުމަކުން، ޖަލްސާއަކުން، ވޯޓަށް އަހައިގެން ކުރާ ޒާތުގެ ކަންކަން" ނޫންކަމަށް ފާހަގަ ކުރައްވާ ރަޝީދު ވިދާޅުވީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނަސޭހަތްތަކާ އަންގަންޖެހޭ އެންގުންތަށް ފަދަ އިޖުރާތްތައް ފުރިހަމަކޮށްފަ ވާނެ ކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
އޮޅޭގޮތަށް މައުލޫމާތު ފަތުރާކަމަށްބުނެ އިތުރަށް އޮޅޭގޮތަށް ބަޔާނެއް ނެރެފި
22 - މޭ - 2022
އަރީބް އަށް ނައިބްކަން ދޭން ޕީޕީއެމްއިން ނިންމައިފި!
17 - މޭ - 2021
އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސްގެ ރޭހުގައި ވާދަވެރިކަން ބޮޑުވެއްޖެ!
17 - މޭ - 2021
މަސްވެރިކަމުގެ ސިނާޔަތް ކުރި އަރުވަން އޮތް މިނިސްޓުރީ ވަނީ ފެތިފަ: ރިޟްވާން
5 - ޑިސެމްބަރު - 2020
ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް އަށް
26 - ޖެނުއަރީ - 2020
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް