ނިޔަމިކަމުގެ ސަނަދު 2 ގެ ކޯހެއް އިހަވަންދޫގައި ކުރިޔަށްގެންދަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއި ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސްއާ ގުޅިގެން އިހަވަންދޫގައި ނިޔަމިކަމުގެ ސަނަދު 2 ގެ ކޯހެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.

އަޟްޙާޢީދަށްފަހު، ފެށުމަށް ހަމަޖެހިފައިވާ މިކޯހުގައި އިހަވަންދޫނޫން ރަށްތަކުގެ ރަށްވެހިންނަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވައިލާފައެވެ. ދިވެހި މީޑިއަމަށް ކިޔަވައިދޭ މިކޯހުގެ ދިގުމިނަކީ 30 ގަޑީއިރެވެ. މިކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ އުމުރުން 18 އަހަރު ވެފައިވުމާއި، ދިވެހިބަހުން ލިޔަން ކިޔަން އެނގުމުގެ އިތުރުން އެއްކޮށް، ކަނޑާ، ގުނަކޮށް ގެއްލަން އެނގުމެވެ. ނިޔަމިކަމުގެ ސަނަދު 2 ހާސިލްކުރާ ފަރާތްތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ކެޓަގަރީ ބީ، ސީ އަދި ޑީ ގައި ހިމެނޭ އުޅަނދުތަކުގެ ކެޕްޓަނުންނަށްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކޯހުގައި ބައިވެރިވާ ފަރާތްތަކުން 1300ރ ގެ ފީއެއް ދައްކަންޖެހެއެވެ.

މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުއްވައިގެން މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އިމަގު ޖަމިއްޔާއިންވަނީ ހުޅުވާލައިފައެވެ.
https://bit.ly/niyamicourse