ދިއްދޫއާ ކުޅުދުއްފުށި އެއްވަނަ ޑިވިޝަނަށް

މުޙައްމަދު އަކުރަމް

އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނަށް ދިއްދޫ ޓީމާއި ކުޅުދުއްފުށީޓީމް ކޮލިފައިވެއްޖެއެވެ. ގްރޫޕް ސްޓޭޖްގައި ބާކީ ދެމެޗް އޮށްވައި ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް (ބީއެކްސް ސްޕޯޓްސް) ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ 16 ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގެ ދެވަނާގައި އޮތް ކުޅުދުއްފުށީ ޒިގްޒެގަށް ދެވަނަ ޑިވިޝަނުގެ ޖާގައެއް ކަށަވަރުވީ ކުޅުނު ހަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމަށްވެސް އަދި ބާކީ 2 މެޗް އެބައޮތެވެ.

ގްރޫޕްގެ 3 ވަނާގައި 9 ޕޮއިންޓާއިއެކުއޮތް ހަނިމާދޫއަށް ބާކީއޮތީ އެންމެ މެޗެކެވެ. އެހެންކަމުން އެމެޗުން މޮޅުވެގެންވެސް އެޓީމަށް ހޯދޭނީ 12 ޕޮއިންޓެވެ. ގްރޫޕްގެ 4 ވަނާގައި 6 ޕޮއިންޓާއިއެކު އޮތް އިހަވަންދޫއަށްވެސް ބާކީ 2 މެޗް އޮތްނަމަވެސް އެދެމެޗުން މޮޅުވެގެންވެސް ހޯދޭނީ 12 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި ނެއްލާދޫ އޮތީ 1 ޕޮއިންޓާ އެކުއެވެ.

އެފްއޭއެމުން ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން 2023/24 ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ކުރިއަށް ގެންދާއިރު، ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގެ ކޮންމެ ގުރޫޕަކުން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަކަށް އެއްވަނަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ. އަދި ޕްރިމިއާ ލީގަށް ކޮލިފައި ވާނީ އެއްވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނެވެ.