Banner Image Description

މޫސުން ގޯސްވެ ބަނދަރުގެ ބޭރުތޮށީގައި ޖަހާފައިހުރި ކާބުތަކުން ބައެއްވެއްޓިއްޖެ

މުޙައްމަދު އަކުރަމް

މިހާރު ރާއްޖެއަށްކުރަމުންދާ މޫސުމީ ވިއްސާރާގައި ކަނޑު ގަދަވުމުގެ ސަބަބުން، އިހަވަންދޫ ބަނދަރުގެ ބޭރުތޮށީގައި ޖަހާފައިހުރި ކާބުތަކުން ބައެއް ވެއްޓިއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި 100 އެއްހާ ފޫޓްގެ ސަރަހައްދަކުން ކާބްތައް ވަނީ ވެއްޓިފައެވެ.

މޯލްޑިވްސް ޓުރާންސްޕޯޓު އެންޑު ކޮންޓުރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހަދަމުންދާ އިހަވަންދޫ ބަންދަރުގެ ބޭރޮތޮށި އަދި ބޭނުންކުރާކަށް ނުފަށައެވެ. ކާބްތައް ވެއްޓުނު ސަރަހައްދަކީ މިއަދުވެސް މަސައްކަތް ހިނގަމުން ދިޔަ ސަރަހައްދެއްނަމަވެސް އެކަމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.

އިހަވަންދޫ ފަޅަށް ބާނިވައްދާތީ ބައެއް އުޅަނދުތަކަށްދަނީ ގެއްލުންވަމުންނެވެ. އެގޮތުން ބައެއް އުޅަނދުތަކުގެ ވައުކެނޑުންމާއި ތަންތަނުގައި ޖެހި ހަލާކުވުންފަދަ ގެއްކުންތައްދަނީ ވަމުންނެވެ.

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ މިހާލަތުގައި ދަތުރުނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާ ދެމެދުގައި ހިމެނޭ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ސަމާލު ނެރުނީ ހެނދުނު 10:00 އިން މެންދުރުފަހު ދޭކަށެވެ.

މެޓް އޮފީހުން މައުލޫމާތުދޭގޮތުގައި އެސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.

ޚިޔާލު ފައުޅުކުރުން

ބަސްނޭހުމުގެ ނަތީޖާ