Banner Image Description

ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށައިފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫގެ ބަނދަރު ބޮޑުކުރުމާއި، މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފަށާފައިވަނީ އިއްޔަގެ ވަގުތެއްގައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއިއެކު 51.7 މިލިއަން ރުފިޔާއަށް މިމަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީއިން ސޮއިކޮށްފައި ވަނީ 26 އޯގަސްޓް 2019 ގައެވެ.

މިމަޝްރޫއުގެ ދަށުން 284 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި، 95 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 178 މީޓަރަށް ރިވެޓްމަންޓް ޖެހުމާއި، ބަނދަރުގެ ދިގުމިނަށް ކޮންމެ 20 މީޓަރަކުން ބްލޮކް ފެއްތުމާއި، 11 މީޓަރުގެ ރޭމްޕެއް ލުންވެސް ހިމެނެއެވެ. މީގެ އިތުރުން ބަނދަރުގެ އިރުމަތީ ފަރާތުން ވެލިވަނުން ހުއްޓުވުމަށް 4 ތޮށިވެސް މިމަސްރޫއުގެ ތެރެއިން ލާނެއެވެ.

މި މަސްރޫއު ނިމޭއިރު މިހާރު ބަނދަރުގައި އުޅަނދުފަހަރު އެޅުމަށް ބޭންނުން ކުރާ 541 މީޓަރަށް އިތުރު 290 މީޓަރު އިތުރުވެގެން ދާނެއެވެ. މުވާއި އެކު ބަނދަރުގެ މަސައްކަތް ނިމޭއިރު ބަނދަރު %53 ބުޑުވާނެއެވެ. އިހަވަންދޫއަކީ ފުރާ ދުއްވާ އުޅަނދު ގިނަ، އަދި މަސްވެރި ބޮޑެތި އުޅަނދުފަހަރު ގިނަ ރަށަކަށް ވުމާއިއެކު މިހާރު އޮތް ބަނދަރު ކުޑަވުމުގެ މައްސަލަޔަށް ހައްލު ލިބިގެން ދާނެއެވެ. އަދި ބަނދަރަށް އިތުރުކުރެވޭ 290 މީޓަރުގެ ސަރަހައްދާއި އެކު، އުޅަނދު ފަހަރުން ވާޓަރަށް އެރުމުގައި ދިމާވާ ދަތިތައްވެސް ހައްލުވެގެންދާނެއެވެ.