Banner Image Description

އިރުމަތީ ގެތަކުގެ ކަރަންޓު މައްސަލަވެސް ހައްލު ކޮށްފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫގެ އިރުމަތީ ފަރާތު މެދުސަރަހައްދުގެ ގެތަކަށް ދިމާވަމުންދާ ކަރަންޓު ދައްވުމުގެ މައްސަލައަށް ހައްލެއް ގެނެސްފިއެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުގެ މުވައްޒަފުން ވަނީ މިސަރަހައްދަށް އައު ފީޑަރެއް އަޅާ އެސަރަހައްދުގެ ގެތަކަށް ދިމާވަމުންދާ ކަރަންޓު ދައްވުމުގެ މައްސަލަ ހައްލުކޮށްފައެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުން ހާމަކޮށްފައިވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން އެ ސަރަހައްދަށް ކަރަންޓުގެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

މީގެ ކުރިން މިރޯދަމަހު ފެނަކައިން ވަނީ ރަށުގެ ހުޅަނގު އުތުރު ސަރަހައްދަށް ދިމާވި ކަރަންޓު ދައްވުމުގެ މައްސަލަވެސް ހައްލުކޮށްފައެވެ. އެސަރަހައްދުގެ ގެތަކުން ކުރިން މެންދުރު ގަޑީގައި ކަރަންޓުގެ ބައެއް ސާމާނު އެއްގޮތަށްވެސް ބޭނުން ނުކުރެވޭވަރަށް ކަރަންޓު ދައްވާއިރު، މިހާރު ކަރަންޓު ބޭނުންކުރުމުގައި އެފަދަ މައްސަލައެއް ދިމާނުވާ ކަމަށް އެސަރަހައްދުގެ ގެއެއްގައި ދިރިއުޅޭ ފަރާތަކުން މިނޫހަށް މައުލޫމާތު ދީފައި ވެއެވެ.