ހއ. އިހަވަންދޫގައި ދުއްވާ ކާވިޔާ ބޯޓު ކަރަންޓީނުން ނަގައިފިއެވެ.
މިއަދު 1:20 ގައި ކޯވިޔާބޯޓަށް އެޗްޕީއޭ އިން ފޮނުވާފައިވާ ލިޔުމުގައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 2012/7 (އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، ކަރަންޓީން/ ބަންދުގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުގެ ސަބަބުން ކާވިޔާ ބޯޓުގެ ކަރަންޓީނުގެ ހާލަތު އުވާލާފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ކާވިޔާބޯޓު މޮނިޓަރިންގ އަށް ލާފައި ވަނީ އެބޯޓުން ހއ. އުލިގަމަށް ދަތުރުކުރި މީހަކު ކޮވިޑު-19 އަށް ފައްސިވުމާ ގުޅިގެން އޭޕްރީލް 20 ވަނަ ދުވަހުގެއެވެ.
ކާވިޔާބޯޓުން 15 އޭޕްރީލްގައި މާލެއިން ދަތުރުކުރި ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހއ. އުލިގަމު މީހަކާއި ހއ. ތަކަންދޫގެ ދެމީހެކެވެ.