އިހަވަންދޫގެ ހުޅަނގު އުތުރު ސަރަހައްދުގެ ގެތަކަށް ދިމާވަމުންދާ ކަރަންޓު ދައްވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސްފިއެވެ.
ފެނަކަ އިހަވަންދޫ ބުރާންޗުގެ މުވައްޒަފުން 2 ދުވަސްވަންދެން ކުރި މަސައްކަތުން އައު ކޭބަލެއް އަޅާ އެސަރަހައްދުގެ ގެތަކަށް ދިމާވަމުންދާ ކަރަންޓު ދައްވުމުގެ މައްސަލަ އިއްޔަ ވަނީ ހައްލުކޮށްފައެވެ.
ފެނަކަ އިހަވަންދޫ ބުރާންޗުން ހާމަކޮށްފައިވަނީ ރަށުގެ ހުޅަނގު އުތުރު ސަރަހައްދުގެގެތަކަށް ދިމާވަމުންދިޔަ މައްސަލަ މިހާރު ހައްލުކުރެވިފައިވާއިރު، ރަށުގެ އިރުމަތީ މެދުތެރޭގެ ގެތަކަށް ދިމާވާ ކަރަންޓު ދައްވުމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ދާދި އަވަހަށް ފަށާނެ ކަމަށެވެ.