އިހަވަންދޫގައި އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާސްކް އަޅަނީ އެންމެ 29 އިންސައްތަ މީހުން
ޢަބުދުﷲ ޙަމީދު
2 - މޭ - 2021
ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާންމުތަންތަނުގައި އުޅޭއިރު މާސްކް އަޅަން އަންގާފައިވީނަމަވެސް، އިހަވަންދޫގައި، އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާސްކްއަޅަނީ އެންމެ 29 އިންސައްތަ މީހުންކަން މިނޫހުންކުރި ދިރާސާއަކުން ދައްކައިފިއެވެ.
އާންމު ތަންތަނަށް ނުކުމެއުޅުނު 450 މީހުންގެ މެދުގައި ހެދި މިސާވޭއިން ފާހަގަވި ގޮތުގައި 239 މީހަކު (53 އިންސައްތަ) މީހަކު ބޭރުތެރޭގައި އުޅުނީ އެއްވެސް ގޮތަކަށް މާސްކް ނާޅައެވެ. އަދި 17 އިންސައްތަ މީހުން (80 މީހަކު) މާސްކް އަޅައިގެން ތިއްބަސް، މާސްކް އަޅާފައިވަނީ ނަމެއްގައެވެ. އޭގެތެރެއިން ބައެއް މީހުންގެ މާސްކް ކަރުދަށުގައި އޮތްއިރު އަނެއްބަޔަކު މާސްކް އަޅައިގެން ތިއްބަސް ނޭފަތް ހުރީ މާސްކުން ބޭރުގައެވެ. އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް މާސްކް އަޅައިގެންތިބި 131 މީހަކު (29 އިންސައްތަ) މިދިރާސާއިން ފާހަގަކުރެވިފައިވެއެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް ރޯގާ ދަނީ ވަރަށް ހަލުއިކަމާއެކު ފެތުރެމުންނެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ ބައެއް ފިޔަވަޅުތައް އަޅަން ފަށާފައެވެ. ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށި މިވަގުތު މޮނީޓަރިންގައި އޮތްއިރު އެއީ އިހަވަންދޫގެ ވަރަށްގިނަބަޔަކު ކޮންމެ ދުވަހަކުވެސް ދަތުރުކުރާ ދެ ރަށްކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު ކޮވިޑް ފެތުރެމުން ދާއިރު ކޮންމެ 24 ގަޑިއިރަކު 300-400 ކޭސް ފެނެ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ވެސް ހުރީ ދުވަހަކު ނުދާހާ ބޮޑަށް މައްޗަށް ގޮސްފަ އެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
ޕީސީއާރާ ނުލައި މިހާރު އިހަވަންދޫ އަށް ދަތުރުކުރެވޭނެ
9 - ނޮވެމްބަރު - 2021
މާސްކުނާޅައިގެން އިހަވަންދޫން ތިންމީހަކަށް ފިޔަވަޅު އަޅައިފި
22 - މޭ - 2021
އިހަވަންދޫން މީހަކު ޕޮޒިޓިވް ވުމާއިއެކު އައު ފިޔަވަޅުތަކެއް
11 - މޭ - 2021
އިހަވަންދޫ ކަރަންޓީނުން ނަގައިފި
8 - އޮގަސްޓު - 2020
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި
4 - އޭޕްރީލް - 2022
މޮނިޓަރިންގައި 22 ދުވަސް، ފައްސިވާ އަދަދަށް މަޑުޖެހުމެއް ނާދެ
22 - ޖެނުއަރީ - 2022
އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް
2 - ޖެނުއަރީ - 2022
ކޮވިޑާއި ގުޅިގެން އިހަވަންދޫގައި އެއްގެއިން އަނެއްގެއަށް ދިއުން ހުއްޓާލުމަށް ނިންމައިފި
1 - ޖެނުއަރީ - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް