Banner Image Description

މާދަމާއިން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ

ޢަބުދުﷲ ޙަމީދު

މިއަހަރުގެ ފިތުރު ޒަކާތް މާދަމާއިން ފެށިގެން ބަލާގަންނާނެ ކަމަށް އިހަވަންދޫ ކައުންސިލުން ހާމަކޮށްފިއެވެ.

އިހަވަންދޫކައުންސިލްގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ވަނީ މާދަމާ (25 އޭޕްރީލް ) އިން ފެށިގެން މެއި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ފިތުރުޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މިއަހަރުގެ ފިތުރު ޒަކާތް ބަލާގަންނަމުން ދާނީ އޮންލައިންކޮށް ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ފިތުރު ޒަކާތަށް މީހަކަށް ދައްކަން ޖެހޭ އަދަދަކީ 2.4 ކިލޯގެ ގޮވާމެވެ. ފައިސާއިން ދައްކާނަމަ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާ އެވެ.

އޮންލައިންކޮށް ޒަކާތް ދައްކަންވީ ގޮތް ކައުންސިލްގެ އިޢުލާނުގައި ވަނީ ބަޔާންކޮށްދީފައެވެ.