ޚަބަރު

އެއްހަމަ ހަވީރުގެ ހަރަކާތްތައް ވަރަށް ތަފާތު

މިއަދު ހަވީރު 4 ޖަހާއިރު، އިހަވަންދޫ ދެކުނު ފަރާތު ބަނދަރުގައި ކުރިއަށްގެންދާ އެއްހަމަ ހަވީރުގައި ސުޓޯލް ތައްޔާރު ކުރާ ހުރިހާ ފަރާތަކުންވެސް ހިތްގައިމު އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދަންވަނީ ހަމަޖެހިފައެވެ. އެގޮތުން ފުލުހުން ތައްޔާރު ކުރާ ސުޓޯލްގައި މީގެ ކުރިން މިފަދަ ހަވީރުތަކުގައި ކުރިއަށް ނުގެންދާ ސަޕުރައިޒިން ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމުގައި ވަރަށް މުއުތަބަރު މަސްދަރަކުން މައުލޫމާތު ލިބެއެވެ. ކުލަބު ޕޯލްސްޓާރ އިން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ޑުރިލް ޗެލެންޖިންނާއި، ނަޞީބު ބުރު އެނބުރުމާއި، ބޮޅުއެއްލުމާއި، ސުޓްރޯމް ޗެލެންޖެވެ. މިއިން ކޮންމެ ހަރަކާތަކާއެކު ހާއްޞަ ހަދިޔާއެއް ލިބޭނެ ކަމަށް ޕޯލްސްޓާރ އިން މި ނޫހަށް މަޢުލޫމާތު ދެއްވައެވެ. އަދި ވަކިން ހާއްޞަކޮށް ޑުރިލް ޗެލެންޖުގެ ހާއްޞަ ހަދިޔާ އެއްގެ ގޮތުން މަކިޓާބުރޭންޑުގެ 800 ރުފިޔާގެ އަގު ހުރި ބުރުމާއެއް އެންމެ އަވަހަށް މިޗެލެންޖު ފުރިހަމަ ކޮށް ނިންމާލެވޭ ފަރާތަކަށް ލިބިގެންދާނެ ކަމަށާއި މި ހަރަކާތް ސުޕޮންސާ ކޮށްފައިވަނީ ސީފުޓު މޯލްޑިވެސް އިން ކަމަށްވެސް ޕޯލްސްޓާރ އިން ހާމަކުރެއެވެ. އިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ނަސީބުބުރާއި، ބޯލް ގޯލަށް ސޫޓްކުރުމާއި، ކްރޮސް ގޭމްއާއި، ފެންފުޅި އެއްލާފަ ކޮޅަށް ބެހެއްޓުމާއި، ކަނުބަދެގެން ކޮން އެއްޗެއްކަން ގެސް ކުރުން ހިމެނޭ ކަމަށެވެ. އަދި މިއިން ކޮންމެ ހަރަކާތަކާއެކު ވެސް ހަދިޔާއެއް ލިބޭނެކަމަށް އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއެވެ. ފެނަކައިގެ ސުޓޯލްގައި ޓެކުނިކަލް ޓޫލްސްތައް ދައްކާލުމާއި، ދަސްކޮށްދިނުން އަދި ފެނަކަ ރަމްޒުކޮށްދޭ ހާއްޞަ ބެކް ގުރައުންޑެއްގައި ސޭފްޓީ މެޝާސްއާއެކު ފޮޓޯ ނެގުމާއި، ބާސްކޭޓް ބޯޅަ ވެއްޓުމާއި، ގޯޅަށް ބޯޅަ ޖެހުން ފަދަ ހަރަކާތްތައް ހިމެނޭކަމަށް އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕުން ހާމަކުރެއެވެ. މިއަދު މި ބާއްވާ ހަވީރަކީ އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގުރޫޕުން އިސްނަގައިގެން އިހަވަންދޫގެ މުއައްސަސާތަކާއި ގުޅިގެން މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަވީރެކެވެ.
އަޙްމަދު ޢާޞިމް