އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓާސްކުފޯސް އިން ނިންމާފި

ޢަބުދުﷲ ޙަމީދު

އެޗްޕީއޭ އިން އިހަވަންދޫ މޮނިޓަރިންގ ހާލަތުން ނެގުމަށް މިރޭ ނިންމި ނަމަވެސް، އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ކޮވިޑް 19 އިހަވަންދޫ ޓާސްކުފޯސް އިން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވާ ސަބަބު ހާމަކޮށް، އިހަވަންދޫ ކައުންސިލުން ދާދިދެންމެ ނެރުނު އެންގުމެއްގައި ވަނީ ޓާސްކް ފޯސް އިން މިގޮތަށް ނިންމާފައި ވަނީ ހއ.އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ކޮވިޑު 19 އަށް ފައްސިވެފައި ވުމާއި އޭނާޔާ ކޮންޓެކްޓްވި އިތުރު މީހެއް އެބައްޔަށް ފައްސިވެފައިވާކަން އެޗް.ޕީއޭ އިން މިރޭ އިޢުލާނުކޮށްފައި ވުމާއި ކާވިޔާ ބޯޓުން ދަތުރުކުރި ކޮވިޑް19 އަށް ފައްސިވި މީހާޔާ ޑައިރެކްޓު ކޮންޓެކްޓްވި 9 މީހަކު އަދި އެބޯޓުން ދަތުރުކުރި އިތުރު 19 މީހަކު އިހަވަންދޫގައި އެކަހެރިކޮށްފައިތިބެ، އޭގެން އެއްވެސް މީހެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރެވިފައިނުވުމާއި އައިސޮލޭޝަންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަކުރެވިފައި ނުވާތީ ކަމަށެވެ.